ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެކޯޑު ހެދުމަށް ފަހު، ފޯރިގަދަ އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން “ސްޓެލްކޯ ކަނބަލުން” އަށް!

އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުންއަށް/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަަކަށް ފަހު ކުރިޔަށް ގެންދިޔަ އުރީދޫ މަސް ރޭސް 2022 ގެ ޗެމްޕިއަންކަން މުބާރާތުގައި ބައިވެރިވި ސްޓެލްކޯގެ އަންހެން ޓީމު “ސްޓެލްކޯ ކަނބަލުން” ހޯދައިފި އެވެ.

އުރީދޫ މަސް ރޭހުގެ 11 ވަނަ އެޑިޝަނުގައި އެއްވަނައަށް ދިޔަ “ސްޓެލްކޯ ކަނބަލުން” އަކީ ފުރަތަމަ ރައުންޑުގައި ވެސް ބޮޑު ރެކޯޑެއް ހެދި ޓީމެވެ. އެއީ މުބާރާތުގެ ތާރީހުގެ ތެރޭގައި ޓީމަކަށް ލިބުނު އެންމެ ގިނަ އަދަދެއްގެ ޕޮއިންޓާއި އެކު އެވެ. އަދި އެއްވަނައަށް ދިޔައީ އެހެން ޓީމުތަކާއި ބޮޑު ތަފާތަކުން 680.80 ޕޮއިންޓު ހޯދައިގެންނެވެ. މުބާރާތް ކާމިޔާބު ކުރި ޓީމަށް އުރީދުގެ ފަރާތުން 50،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައި ވެއެވެ.

މި ޓީމުގައި މުޅީން ވެސް ހިމެނެނީ ސްޓެލްކޯގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނެވެ.

Image

ފައިނަލުގައި ހަތަރު ޓީމެއް ވާދަ ކުރިއިރު، ރަނައަޕްއަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ، “ޓީމް އެފްއެސްއެމް” އެވެ. އަދި މުބާރާތުގެ އެންމެ ފޯރިގަދަ ޓީމެއްގެ ގޮތުގައި ވެސް ހޮވުނީ “ޓީމް އެފްއެސްއެމް” އެވެ.

މުބާރާތުގައި އެންމެ ބަރު މަސް ބޭނީ ރޯޑް ޑެވަލޮޕްމަންޓް ކޯޕަރޭޝަން “ޓީމް އާރުޑީސީ” ގެ ޔާސިރެވެ.

ރޭގެ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: