ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ތަސައްވަރު ކުރެވޭ ގޮތަށް ބެނާ ޖެހުމަކީ ކޯޓުގެ އަމުރަށް ގޮންޖެހުން: ކްރިމިނަލް ކޯޓު

ޕީޕީއެމް، ޕީއެންސީ އޮފީސް އިމާރާތުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އަވަައްޓެރި އިންޑިއާ ދެކޮޅަށް ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިނުގެ ދަށުން ހަރު ކުރި ބެނާއެއް ފުލުހުން އަނެއްކާވެސް އިދިކޮޅު އޮފީސް އިމާރާތުން ނަގައިފި އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވަކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ގެ ހަރަކާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާއި އެއާއި ގުޅުން ހުރި ހުރިހާ ސިޔާސީ މަސައްކަތްތަކެއް ހުއްޓުވުމަށް ރަންފީޒީ އިދާރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފަ އެވެ. “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުން ދެ ގައުމުގެ ގުޅުން ހީނަރުވެދާނެކަމަށާއި، މީ ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށް ސަރުކާރުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައީސް ގަރާރެއް އާއްމު ކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އެ ގަރާރުގައި ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާކަމަށެވެ. ނަމަވެސް، އިންޑިއާ އައުޓްގެ ހަރަކާތަކީ ގައުމުގެ ހަމަޖެހުން ނަގާލައި، ނަފްރަތު އުފެއްދުމުގެ ހަރަކާތެއްކަމުން އެކަމަށް އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ކިތަންމެ ބޮޑު ނުރައްކަލަކާއި ވެސް ކުރިމަތިލާން ޖެހިދާނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް ބޭރު ދުނިޔޭގެ ގައުމުތަކުގެ ތެރޭގައި ރާއްޖެ އެކަހެރި ވެގެން ދާން ބޭނުން ނުވާކަމަށް ގަރާރުގައި ވެއެވެ.

ރައީސްގެ އެންގެވުމުގެ ދަށުން އެންމެ ފުރަތަމަ ވެސް ފުލުހުން ކޯޓު އަމުރަކާއި އެކު ވަދެ ނެގީ ރައީސް ޔާމީންގެ ގެކޮޅާއި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ޕާޓީ އޮފީހުގައި ދަމާފައި ހުރި ދިދަ އެވެ. އޭގެ ފަހުން އިދިކޮޅުން އައީ އަކުރުތައް ބަދަލުކޮށްގެން އިންޑިއާ އައުޓް ބެނާތައް އިމާރާތްތަކުގައި ހަރު ކުރަމުންނެވެ. އެ މައްސަލަ ބޮޑުވެ މަގުތަކުގައި ގްރެފިޓީތައް ވެސް ކުރަހަން ފަށާފައި ވަނިކޮށް އިދިކޮޅު ޕާޓީ އޮފީހުގައި އަނެއްކާވެސް އިންޑިއާގެ ދިފައެއްގައި ކުރަހައި އައުޓް ޖެހި ބޮޑު ބެނާއެއް ހަރު ކުރުމުން އެ ނަގަން ފުލުހުން ދިޔައީ ރޭ ދަންވަރު އެވެ.

ދަންވަރު 02:30 ވެ ބޮޑުވެފައި ވަނިކޮށް ކޯޓު އަމުރަކާއި އެކު އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު ބައެއް ނޫސްވެރިން އެތަނަށް ދިޔަ އެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ވާގޮތުގައި މަންޒަރުން އިންޑިއާ އައުޓް ތަސައްވަރު ކުރެވޭ ގޮތަށް ބެނާތައް ނެރެ ޕޯސްޓުތައް ޖެހުމަކީ ކޯޓު އަމުރަށް ގޮން ޖަހައި ހަރަކާތް ފުޅާ ކުރުމެވެ.

ފުލުހުން ރޭ ނެގި ބެނާގެ ދިގުމިނުގައި 40 ފޫޓު ހުއްޓެވެ.

އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ނުވަތަ އެ ގައުމުގެ ދިދައަށް އިހުތިރާމް ކުޑަވާ ގޮތަކަށް މާލޭގެ އެކި ސަރަހައްދުގައި ކުރެހުމަކީ ވެސް ކެމްޕެއިން ފުޅާ ކުރުމުގެ އިހްތިމާލެއްގެ ގޮތުގައި ކޯޓު އަމުރުގައި ވެއެވެ. ގާޒީ ހުސެއިން ފާއިޒް ރަޝާދު ނެރުއްވި އެ އަމުރުގައި އިތުރަށް ބުނީ ވަކި ގައުމަކަށް ނިސްބަތްކޮށް ކުރިޔަށް ގެންދާ މި ހަރަކާތްތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެދިގެން ހިނގައިދާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: