ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޒާރުދިން ގްރޫޕު އެންމެ ފަހުން ރައީސް ޔާމީން ގެކޮޅު ސަރަހައްދަށް، ފުލުހުން ހަނު!

ރައީސް ޔާމީނަށް އިންޒާރު ދިން ގްރޫޕުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ސަރަހައްދަށް އެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ނަފްތަރު ހިންގާ ބޭފުޅެއްކަމަށް ބުނެ އިންޒާރު ދީ ވީޑިއޯއެއް އާއްމު ކުރުމަށް ފަހު އެމަނިކުފާނު ދިރިއުޅުއްވާ ގެ ސަރަހައްދަށް ބަޔަކު އެއްވެ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފި އެވެ.

“މޯލްޑިވްސް ޔޫތު ފޯސް” ގެ ނަމުގައި ހަރަކާތްތެރިވާ ބަޔަކު ރައީސް ޔާމީނަށް އިންޒާރު ދީ ވީޑިއޯއެއް އާއްމު ކުރިތާ ދެ ދުވަސް ފާއިތުވީއިރު ވެސް ފުލުހުން މިހާތަނަށް މައްސަލަ ބަލަން ފަށާފައި ނުވެ އެވެ. އަދި އެކަމަށް ތަކުރާރުކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

އެ ވީޑިއޯގައި ބުނެފައި ވަނީ ގައުމު އިނދަ ޖައްސާލަން ރައީސް ޔާމީން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ. އަދި ރާއްޖެއަށް އަވައްޓެރި ގައުމެއްގެ ނުފޫޒާއި ބާރު އެބައޮތްކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ސަބަބުން އެމަނިކުފާނު ސައިޒު ކުރާނެކަމަށް ބުނެ އެވެ.

މި މައްސަލަ އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

 

ރައީސް ޔާމީނަށް އިންޒާރު ދީ އާއްމު ކުރި ވީޑިއޯއިން ފެންނަ މީހާ
މިއަދުގެ ހަވީރު ބަޔަކު “މޯލްޑިވްސް ޔޫތް ޖެހި” ދިދަތަކަކާއި އެކު ހ. ދޫވެހި ކައިރިޔަށް އެއްވާން ފެށުމާއި އެކު އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ވެސް ވަނީ އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށް މައްސަލަ ވީހާވެސް އަވަހަށް ބަަލައި ފިޔަވަޅު އަޅަން ގޮވާލާފަ އެވެ. އިންޑިއާ އައުޓް ހަރަކާތަށް ދެކޮޅަށް އަޑު އުފުލަމުން ދިޔަ އެ މީހުން ތިބީ ވެސް، ހުދު ކުލައިގެ ޓީޝާޓުގަ އެވެ. އަދި އެ ޓީޝާޓުތަކުގައި ވެސް “މޯލްޑިވްސް ޔޫތް ފޯސް” ޖަހާފައިވެއެވެ. 

އަޑުގަދަ ކުރާ ބޭނުންކޮށްގެން އިހުތިޖާޖުތަކެއް ކުރަމުން ދިޔައިރު ރައީސް ޔާމީނަށް އަމާޒުކޮށް “ވަގަށް” ވެސް ގޮވަމުން ދިޔަ އެވެ. މިއަދުގެ ހަރަކާތުގައި އިސްކޮށް ހުންނެވީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހަލީމްއެވެ.

ގާތްގަނޑަކަށް 20 މީހަކު ނިކުމެ އިހުތިޖާޖު ފެށުމުން ފުލުހުން ވަނީ އެއްވުން ރޫޅާލައި އަމުރަށް ނުކިޔަމަންތެރި ވީ މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންނާއި ދެކޮޅަށް ޕީޕީއެމްގެ ސަޕޯޓަރުން ނިކުމެ އަޑުގަދަކޮށް އިންޑިއާ އައުޓް ޖެހި ދިދަތައް ބޭނުން ކުރަން ފެށުމުން އެއްވި ބައެއް މީހުން އެ ސަރަހައްދު ދޫކޮށްދިޔަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: