ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާ ފައްޔާޒަށް ތާއީދު ކުރުމުން، ނަޝީދަށް ހަޖަމެއް ނުވި!

އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ގެނައުމަށް އެންވައިރޮމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ތާއީދު ކުރުމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުރުހިއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސްކަމާއި، އަދި ރައީސް ނަޝީދުގެ ދޮޅު އަހަރުގެ ވެރިކަމުގައި ޕްރެސް ސެކޭޓްރީކަން އަދާ ކުރި ޝައުނާ ފައްޔާޒަށް ތާއީދު ކުރާކަން ހާމަ ކުރީ މިއަދު އެވެ. ފައްޔާޒް ޗެއާޕާސަންކަމަށް ގެނައުމަށް ކުރަމުން ދާ ކެމްޕެއިންތަކުގެ ތެރެއިން ގެންނަ ވީޑިއޯތަކުން މިއަދު އާއްމު ކުރީ ޝައުނާގެ ވީޑިއޯ އެވެ. ފައްޔާޒަށް ތާއީދު ކުރާ ސަބަބެއްކަމަށް ޝައުނާ ވިދާޅުވީ، 2023 ކާމިޔާބުކޮށް އެމްޑީޕީގެ އެ ވައުދުތައް ފުއްދޭނީ ޗެއާޕާސަނަކަށް ޕާޓީ ހިންގާލެވޭނެ ބޭފުޅަކަށް ވާތީ އެވެ.

ޝައުނާ ވަނީ ފައްޔާޒާއި ބައެއް ކަންކަމުގައި ހިޔާލުތަފާތު ވި ނަމަވެސް އެއީ ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތް ހޯދާ ބޭފުޅެއްކަން ފާހަގަކޮށްފަ އެވެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބައަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށް ޗައުނާ ވިދާޅުވީ އެކަމަށް ފައްޔާޒް ޗެއާޕާސަނަކަށް ގެނައުން މުހިންމު ކަމަށެވެ.

ފައްޔާޒްގެ ޓީމުން ވީޑިއޯ އާއްމު ކުރިތާ މާގިނަ އިރުތަކެއް ނުވެ ޓްވީޓެއް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުމަށެވެ. އަދި އެމްޑީޕީގެ އާއްމު މެމްބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެކަމަށް ވިދާޅުވި އެވެ.

ޝައުނާ ފާހަގަ ކުރެވިފައި ވަނީ އެމްޑީޕީގެ އިސްކޮށް އުޅުއްވާ އަދި ރައީސް ނަޝީދާއި އަރިސް މެމްބަރުންނާއި ވެސް ގާތް ބޭފުޅެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ފާހަގަ ކުރެވެ އެވެ.

ފޯރިގަދަވެފައިވާ މި އިންތިހާބުގައި ޝައުނާ ފައްޔާޒް ފަޅި ނެންގެވުމުން ރައީސް ނަޝީދު ފާޑުކިއުން އަމާޒުކޮށް ކުރި ޓްވީޓަކީ ހަޑި އަމަލެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފަ އެވެ. އަދި ރައީސް ނަޝީދުގެ ފަޅި ނުނަގްނަވާ ކޮންމެ މީހަކީ އެއީ ގޯސް މީހެއްގެ ގޮތުގައި ލޭބަލް ނުކުރަން ގޮވާލި އެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަވެރިކަމުގައި ބަހުގެ ހަމަލާ ދޭން ބޭނުން ކުރާ އެއް ވާހަކައަކީ 2023 ގެއްލުވާލަން މަސައްކަތް ކުރާކަމަށް ބުނެ ކުރާ ތުހުމަތެވެ. ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދި މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އޭނާގެ ޓީމުން ވިދާޅުވަމުން ގެންދަވަނީ ވެރިކަމަށް ތިން އަހަރު ވީއިރު އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް އެއްވެސް މިންވަރަކަށް ހިފެހެއްޓިފައި ނުވާކަމަށާއި، ވައުދުތައް ފުއްދަން ވެސް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން މި ސަރުކާރު މަތީން މިހާރު ފޫހިވާން ފަށައި، 2023 ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް ދަނީ ބުނަމުންނެވެ. އަދި ވައްކަމާއި ކޮރަޕްޝަން ވަރިހަމަވެފައިވާ އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ދުވަހަކު ވެސް ހިތަށް ގެނެވުނު ވާހަކަތަކެއް ނޫންކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: