ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ ސަޢީދު ޔޫސުފް ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.

ސައީދުބެ ނިޔާވެފައިވާކަން އިއުލާނުކޮށްފައިވަނީ، އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އޭނާ ދިޔަ “ޒަމްޒަމް ޙައްޖު އެންޑް އުމްރާ ޓްރެވެލް” ގެ ފަރާތުންނެވެ. ޒަމްޒަމް ގްރޫޕުގެ ހަވާލުގައި ސަޢީދު ޔޫސުފް ޢުމްރާއަށް ގޮސްފައިވަނީ މިދިޔަ ރަމަޟާންމަހުގެ ތެރޭގައެވެ.

ސަޢީދު ޔޫސުފް ނިޔާވީ، އޭނާގެ ހާލު ދެރަވެ، މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް މިއަދުގެ ވަގުތެއްގައިކަމަށް އެ ގްރޫޕުން ވަނީ ހާމަކޮށްފައެވެ.

އުމްރާގެ މާތް އަޅުކަމަށް ގޮސް އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ވެސް މީހަކު ނިޔާވިއެވެ. ނިޔާވެފައި ވަނީ ބ. އޭދަފުށި ބަގީޗާގޭ/ އަބޫބަކުރު ހަސަންއެވެ. އޭނާގެ ނިޔާވީ ފަތިސްނަމާދު ނިންމުމުމަށްފަހު އެނބުރި ހޮޓަލަށް އައި ފަހުންނެވެ. އަދި އޭނާގެ މަރަކީ ކުއްލި މަރެއްކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: