ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ބޮޑުކުރަން ގޮވާލައި ލެކްޗަރާއިން އިހުތިޖާޖުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްފައިނުވާތީ, އެމީހުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ ލެކްޗަރާއިން އިހުތިޖާޖު ކޮށްފިއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ޓީޗަރުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ.

ޓީޗަރުންގެ މުސާރަ ރައީސް ބޮޑުކޮށްދެއްވުމާިއ ގުޅިގެން ޤައުމީ ޔުނިވާސިޓީއާއި އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާއިން ގެންދަވަނީ މުސާރަ ބޮޑުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އެކަމަށް އިޖާބައެއް ސަރުކާރުން ދެއްވާފައިނުވާކަމަށް ބުނެ މިއަދު އިހްތިޖާޖު ކުރަމުންދާއިރު، އެ ލެކްޗަރާއިން ވަނީ ކަޅު ހެދުމުގައި އެކި ޝުޢޫރުތައް ދައްކުވައިދޭ ބޯޑުތަކާއި ލިޔުންތައްވެސް ހިފައިގެން އިހްތިޖާޖުގައި ބައިވެރިވެފައެވެ.

ލެކްޗަރާއިން ވިދާޅުވަމުން ގެންދަވަނީ ޓީޗަރުން އުފައްދާ ޓީޗަރުންނަށް ކިޔަވައިދޭ މީހުންގެ މުސާރަ ބޮޑު ނުކޮށް ހަމައެކަނި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފެއް ނޫންކަމަށެވެ. އަދި ލެކްޗަރާއިން ބާކީ ކޮށްލުންކަމަށް ސިފަކޮށް އެ ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ލެކްޗަރާއިންގެ މުސާރައަށް ކުރިއެރުމެއް ނާންނަތާ ވަރަށް ޒަމާންވެފައިވާކަން އެފަރާތްތަކުން ފާހަގަކުރެއެވެ. އަދި މުސާރަ ބޮޑުކޮށްދޭނެކަމަށް ސަރުކާރުތަކުން ބުނަމުން ދިޔަނަމަވެސް އެކަމަށް ހަގީގީ ސިފަޖެހިފައިނުވާކަމަށްވެސް ލެކްޗަރާއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: