ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަން ކެނޑިޑޭޓުންގެ ބަހުސް ސަންގު ޓީވީން!

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިންތި އާއި، ފައްޔާޒް އިސްމާއިލް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ދެމެދުގައި ބާއްވާ “ސަންގު ބަހުސް” ބަހުސް ބުރާސްފަތި ދުވަހު ބޭއްވުމަށް “ސަންގު ޓީވީ” އިން ނިންމައިފި އެވެ.

ވާދަވެރިކަމާއި ފޯރިއާއި އެކު ކުރިޔަށް ދާ މި އިންތިހާބުގައި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ސަރުކާރުގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލެވެ. ފަސް އަހަރު ދުވަހަށް އިންތިހާބު ކުރާ ޕާޓީގެ ޗެއާޕާސަންކަމަށް މިހާ ބޮޑު ގަދަ ހިފުމަކަށް ގޮސްފައި ވަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ކުރިޔަށް އޮތުމާއި އެކު އެވެ.

“ސަންގު ޓީވީ” އިން ނިންމާފައި ވަނީ އިންތިހާބުގެ ބަހުސް މޭއި 12 ވަނަ ދުވަހުގެ 21:00 ގައި ބޭއްވުމަށެވެ. މިއީ ޓީމުތަކާއި ކެނޑިޑޭޓުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިގެ އިތުރަށް އެއް ތަނަކުން، އެއް ޕްލެޓްފޯމަކުން ބައްދަލުވެ ވާދަވެރި ވާހަކަތަށް ދައްކަވާނެ ފުރަތަމަ ފަހަރެވެ. ބަހުސްގައި ބައިވެރިވާނެކަން އިންތި އާއި ފައްޔާޒް ވަނީ ސަންގަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އިންތިއާއި ފައްޔާޒް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރާ ތުހުމަތުތަކާއި، އަމާޒު ކުރާ ބަހުގެ ހަމަލާތަކުގެ އިތުރު ތަފްސީލު “ސަންގު ބަހުސް” އިން ފެނިގެންދާނެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އޮވެމެ ޕާޓީގެ ސުލޫކުތަކާއި އަސާސްތައް ދެމެހެއްޓުމުގައި ފެއިލްވެފައިވާކަމަށް ގިނަ މެމްބަރުން ބުނި ނަމަވެސް، އެކަމުގެ ދިފާއުގައި ފައްޔާޒްގެ ފަރާތުން އެކަން ސިފަ ކުރަނީ ސަރުކާރާއި ދެކޮޅަށް ބަޣާވާތެއް ހިންގައި ކުރާ ޖެއްސުމެއްގެ ގޮތުގަ އެވެ. އަދި 2023 ގެއްލުވާލަން މަސައްކަތް ކުރަނީކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އިންތިހާބާއި ގުޅޭގޮތުން އިންތިގެ ފަރާތުން ބުނީ، ބަޔަކު އެމްޑީޕީ ޖަހައިގަނެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރަން މަސައްކަތް ކުރަމުންދާކަމަށާއި އެކަން ކާމިޔާބު ކުރަން ޖާގަ ނުދޭނެ ކަމަށެވެ. ރައްދުގައި ފައްޔާޒްގެ ޓީމުން ވަނީ އެފަދަ އެއްވެސް ނިޔަތެއް ނެތްކަމަށާއި، މަސައްކަތް ކުރަނީ އިތުރު ދައުރަކަށް ވެރިކަމަށް އައުމަށްކަމަށް ބުނެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: