ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާތިހަށް ދައުވާ ނުކުރި މައްސަލައިގެ ޕީޖީ ބަޔާނުގައި، އޭނާގެ ވާހަކައެއް ނެތް!

ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ލ. ގަން، ދުންފިނި އުފާ އަހުމަދު ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ މޭއި 06 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި އެކަކަށް ފިޔަވައި އެހެން އެންމެނަށް ދަައުވާ ކުރުމަށް ހުށަހެޅީ މައްސަލަ ސާބިތުވާނެ ވަރުގެ ހެއްކާއި އެކުކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަހަރެއްވީ އިރު ވެސް މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވިފައި ނުވާތީ އާއިލާ އަދި ގާނޫނީ ޓީމުން ބަޔާން ނެރެ ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ.

ހަމަލާގެ ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހަށް ދައުވާ ނުކުރަން ނިންމުމާއި، ޝަރީއަތް ކުރިޔަށް ގެންދާ ހއ. މޮޅަދޫ އަބްދުﷲ އަލިމަނިކަށް ހިމަންދޫ ހަމަނުޖެހުން މައްސަލައިގައި 10 އަހަރުގެ ޖަލު ހުކުމަށް މި ސަރުކާރުން މައާފު ދިނީ ކާކުގެ ނުފޫޒުންތޯ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކި ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މެމްބަރުންގެ މެދުގައި ދިޔަ ޒުވާބެއްގެ ތެރެއިން ރައީސް ނަޝީދު ވަނީ ހުރިހާ އެންމެންގެ ތެރެއިން ފާތިހަށް ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފާތިހަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެއްކަމަށާއި، އޭނާ އެ މަސްއޫލިއްޔަތުން ވަކިވީ ހަމަލާއަށް ފަހު ކަމަށެވެ. އެކަމުގެ ރައްދުގައި ރޭ ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ 2018، ނޮވެމްބަރު 25 ގައި ވަޒީފާގައި އުޅުމަށް ފަހު ފާތިހު އަމިއްލައިން މަގާމުން ވަކިވީ 2021، ފެބްރުއަރީ 03 ގައިކަމަށެވެ. އަދި ހަމަލާ ދިން އިރު ފާތިހު މަސައްކަތް ކުރީ ފުލުހުގައި ނޫންކަން ތަކުރާރުކޮށް މީޑިއާތަކަށް މައުލޫމާތު ދިންކަމަށް ބަޔާނުގައި ވެއެވެ.

ތަހުގީގު ނިންމައި ޝާމިލުވާ އެންމެންގެ މައްޗަށް ދައުވާކޮށްދޭން ހުށަހެޅި ނަމަވެސް ފާތިހަށް ދައުވާ ނުކުރަން ނިންމީ ޕީޖީންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިގޮތަށް ބުނި ނަމަވެސް، މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާގެ ރޭވުންތައް ރާވަން ފެށީ 2019 ގައިކަމަށާއި، އޭރުން ފެށިގެން މަސައްކަތް ކުރަމުން އައީ އެކި ގޮތްގޮތުން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ކަމަށެވެ. އަދި ނީލޯފަރު މަގުގައި އެއްޗެއް ގޮއްވާލުމަށް ރާވަން ފެށީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައިކަމަށް ވިދާޅުވި އެވެ.

ފާތިހުގެ ނަން ނުހިމަނައި ޕީޖީން ނެރުނު ބަޔާނުގައި ވަނީ މައްސަލައެއް ޝަރީއަތަށް ހުށަހަޅަނީ އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހަމަލާގެ މައްސަލައިގެ ތަހުގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ގާނޫނުގައި ކަނޑައަޅައިފައި އޮތް އުޞޫލުތަކުގެ ތެރެއިންކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ. އަދި ބުނީ ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، މިހުރިހާ ކަމެއް ހިނގައިދިޔައީ، ފުލުހުންގެ ތަހުގީގު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާއި އެއްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.

މައްސަލައިގައި ހުކުމް އިއްވި އަދުހަމަށް އިޝާރާތްކޮށް ބަޔާނުގައި ބުނީ އޭނާއާއި އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލިޔަސް، ކަން ހިނގައިދިޔަ ގޮތް ސާފު ކުރި ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސެޕެޝަލް އެންވޯއީ ވެސް ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާ ދާގޮތް ގާތުން ބެއްލެވިކަމަށް ބުނެ ބަޔާނުގައި ވަނީ، މަސައްކަތް ކުރިޔަށް ދިޔައީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށްކަމެވެ.

“މި މައްސަލަ ހިނގައިދިޔައިރު، މިމައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ސާލިހު އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ގެންދެވީ، ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަޤްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރެއްވުމަށް، އެކަންކަން ގާތުން ބައްލަވަމުންނެވެ. ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާތަކުގައި އެމަނިކުފާނުންގެ ކަންބޮޑުވުމެއް މިވަގުތު ނެތްކަމަށް، އެމަނިކުފާނުން އޮތީ ވިދާޅުވެފައެވެ” ޕީޖީގެ ބަޔާން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު މަޑުޖައްސައި އޮއްބާލުމަށް ސަރުކާރުގެ އެތެރެއިން މަސައްކަތް ކުރާކަމުގެ ތުހުމަތު އެމަނިކުފާނު ކުރައްވަ އެވެ. އަދި ހަމަލާގެ ހައްޔަރުގައި ހުރި އަލިމަނިކު އެންމެ ފުރަތަމަ ޖަލުގެ ބަންދުން ދޫވި ގޮތާއި މެދު ވެސް ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: