ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލައިފި

ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު އެ އާއިލާގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުއެވެ. ޢުމުރުން 55 އަހަރުގެ އެ ފިރިހެން މީހާގެ ބަންދަށް ކުރިން ކްރިމިނަލް ކޯޓުން 30 ދުވަސް ދިނެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: