ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި ތިބި ދިވެހިންނަށް އެހީތެރިވުން އަވަސް ކުރުމަށް އިދިކޮޅުން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފިޔަވަޅުތައް އަވަސް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަވަށްޓެރި ސްރީލަންކާ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު، ޤައުމުގެ ޙާލަތު ބަދަލުވެ، ހިނގަމުންދާ ހަމަނުޖެހުންތަކާއި މެދު އެ ކޯލިޝަންގެ ކަންބޮޑުވާކަމަށެވެ.

އެގޮތުން ލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ބޭނުން ހިފާ، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ޤައުމުގެ ޙާލަތު ޢާންމު ޙަލަތަކަށް ބަދަލުވެގެން ދިއުމަކީ އެ ކޯލިޝަނުން އެދޭގޮތްކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް އެ ކޯލިޝަނުން ގޮވާލާކަމަށެވެ.

މީގެއިތުރުން އެ ޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތުން ބަލާ، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މިޙާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް އެފަދަ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް ވެސް އިދިކޮޅުން ގޮވާލައިފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބަދަލުވަމުންދާ ޙަލާތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އެޤައުމުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް އިލްތިމާސްކޮށްފައިވެސްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: