ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ސިލްސިލާ ޕްރޮގްރާމެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަންއިން ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން ސިލްސިލާ ޕްރޮގްރާމެއް ފައްޓައިފިއެވެ.

މި ޕްރޮގްރާމްއަކީ ޖޭއެސްސީން އިސްނަގައިގެން ސްކޫލް ކުދިންނަށް ޝަރުޢީ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންގޮސްފައިވާ ހަރަކާތެކެވެ.

ޖޭއެސްސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވާ ސްކޫލް ކުދިންނަށް ޝަރުޢީ ދާއިރާއިން މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1-3ގެ ދަރިވަރުންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސުޕްރިމް ކޯޓުގައެވެ.

އެ ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ފައިސަލް އާދަމް ވިދާޅުވީ މި ސިލްސިލާ ޕްރޮގްރާމަކީ ސްކޫލް ކުދިންނަށް ޝަރުޢީ ދާއިރާއާ ގުޅުންހުރި މައުލޫމާތު ސްކޫލް ދައުރުގައި ހިއްސާ ކުރެވި، ބޮޑެތިވެ ޕްރޮފެޝަން އިޙްތިޔާރުކުރާ އިރުގަ އެ ދާއިރާއާ ގުޅުންހުރި މައުލޫމާތު ލިބިގެންދާނެ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ފެށުނު ޕްރޮގްރާމެއް ކަމަށެވެ.

މީގެ ތެރެއިން ދަރިވަރުންނަށް ފަނޑިޔާރުންނާ ބައްދަލުކޮށް އެ ބޭފުޅުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތުދީ ސުވާލުކުރުމުގެ ފުރުސަތުތައް ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: