ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒުގެ ސަބަބުން، އިންތިހާބު މިނިވަން ވެދާނެކަމާއި މެދު ޝައްކު: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް:މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމަށް ވަނީ ހުރަސްއެޅިފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭންޓީމުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ހަސަން ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރަމުންގެންދާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޗެއަރޕާސަން އިންތިހާބުގައި ވޯޓްލުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތާއި ބެހޭގޮތުން މައުލޫމާތު މީޑިއާ އާ ހިއްސާ ކުރައްވަމުން ހަސަން ވިދާޅުވީ އެތެރޭގެ އިންތިހާބު ތައް މިނިވަން ކަމާއެކީ ބޭއްވޭނެ ނިޒާމެއް އޮތުމަކީ އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާ ކަމެއް ކަމުގައެވެ.

ހަސަން ވިދާޅުވީ މިއަދާހަމައަށް ޕާޓީގެ ކަންކަން އައިއިރުގައި މިނިވަން ކަމާއެކީ ވޯޓް ލުމުގެ ހައްގު ވަނީ ހަނިކުރެވިފައިކަމަށާއި އެކަމުގެ ސަބަބެއް ކަމުގައި އޭނާ ފާހަގަ ކުރެއްވީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ އެކި އެކި ކަންކަން ފެންނަމުންދާތީއެވެ.

ހަސަން ވިދާޅުވީ ވަޒީފާގެ ބިރުވެރިކަމުގައި ތިބި މުވައްޒަފުންނަށް އެކި ގޮތްގޮތުން ބިރުދެއްކުމުގެ އެކި އަމަލު ސަރުކާރު ހިއްސާވާ ކުންފުނި ތަކުންނާއި ސަރުކާރުން ގެންދަނީ ކުރަމުން ކަމަށެވެ. އަދި ކުއްލިއަކަށް އެތައް ބައިވަރު ވަޒީފާތަކެއް އިއުލާންކޮށް ވަޒީފާ ދިނުމުގެ ފޯވައްސެއް ފަށައިގެން ކުރިއަށް ގެންދާ ކަމަކީ އެތެރޭގެ އިންތިހާބާއި ދިމާކޮށް ކުރާ ކަމެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވިއެވެ. އެކަމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށާއި އެހެންކަމުން އިންސާފުވެރި އިންތިހާބެއް ލިބުމަށް ވަނީ ހުރަސްއެޅިފައެވެ.

ނަމަވެސް އިންސާފުވެރިކަމާއެކު އިންތިހާބު ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި އިންތިހާބުގައި ވާދަކުރައްވާ ޗެއަރޕާސަން ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕޭން ޓީމުގެ ފަރާތުން ކުރިއަށް ގެންދާނެ ކަމުގައި ހަސަން ވިދާޅުވިއެވެ.

އިންސާފުވެރިކަމާ އެކީ ކުރަންޖެހޭ ކަންތައްތައް ހަގީގަތުގައި އެންމެ ބޮޑަށް ކުރަންޖެހެނީ ވޯޓްލާ ދުވަހު ހިނގާ ކަންކަން ކަމުގައި ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވޯޓްލާ ދުވަހު ވޯޓްލާ މަރުކަޒު ތަކުގައި އިންތިގެ ކެމްޕޭން ޓީމުގެ ފަރާތުން ވޯޓްގެ ކަންކަން ބެލެހެއްޓުމަށް އޮބްޒާވަރުންނާއި މަންދޫބުންނަށް ވޯޓަށް އަހުލުވެރި ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް  ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ވޯޓްލުން އޮންނާނީ މި މެއި މަހުގެ 14 ވާ ހޮނިހިރު ދުވަހު ހެނދުނު 9 އިން ހަވީރު 5 ޖަހަންދެނެވެ. ވޯޓްލުން ހެނދުނު 9 ޖަހާއިރު ފެށުނު ކަމުގައި ވީ ނަމަވެސް ހަސަން ވިދާޅުވީ ވޯޓްލާ ސެންޓަރުތަކަށް 8:30 ގައި ގޮސް ކިއު ހެދުމަށް އެދިލައްވާ ކަމަށެވެ. ވޯޓްލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި ތިއްބެވީ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން ކަން ކަށަވަރު ކުރާނެ ކަމުގައި ހަސަން ވިދާޅުވިއެވެ. އެއަށްފަހު އޮބްޒާވަރުންގެ ކުރިމަތީގައި ވޯޓްފޮށި ކެނޑުމަށްފަހު ވޯޓްލާން ފެށުމުގެ ކުރިން އޮފިޝަލުން ފޮށީގެ އެތެރެ ދައްކާ ކަން ކަށަވަރު ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ. އެއަށް ފަހު ފޮށި މަތިޖަހާ ސީލްކޮށް އެހުރިހާ ކަމެއް ހިނގަނީ މަންދޫބުން ކަށަވަރުކުރާނެ ކަމުގައި ހަސަން ވިދާޅުވިއެވެ.

ވޯޓް ކަރުދާސް އަޅާފައި ހުންނަ ސިޓީއުރަ އޮބްޒާވަރުންގެ ކުރިމަތީގައި ކަނޑާކަން ކަށަވަރު ކުރާނެ ކަމުގައި ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ވޯޓްލާން ފެށުމުގެ ކުރިން ހުރިހާ ވޯޓް ކަރުދާހެއް ގުނާ ޖުމްލަ ކަރުދާސް ގެ އަދަދު އިއުލާން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.  އަދި ވޯޓްލާ މަރުކަޒުގައި ވޯޓާރސް ލިސްޓް އެންމެނަށް ފެންނާނެހެން ބަހައްޓާފައި ހުންނަން ޖެހޭނެ އެވެ.

ޕާޓީގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ ލިސްޓަކީ މަންދޫބުންގެ އަތުގައިވެސް އޮންނާނެ ލިސްޓް ކަމަށާއި އެލިސްޓާއި ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވާ އިންތިހާބު ބާއްވާ އޮފިޝަލުން ގެންގުޅޭ ލިސްޓާ ދިމާވޭތޯ ކަށަވަރު ކުރުމުގެ ގޮތުން މަންދޫބުން އެމަސައްކަތް ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ވޯޓްލާ މަރުކަޒުގައި ވޯޓްލާ މީހުން ބޭނުން ކުރާ ބޫތު ހުންނަން ވާނީ އެތެރެ ފެންނާނެ ހެންނެވެ. އެކަމުގެ ބޭނުމަކީ ވޯޓްގައި ޖަހާ ފާހަގަ ބެލުން ނޫން ކަމަށާއި އެކަމުގެ ބޭނުމަކީ ވޯޓްލާ މީހާ ބޫތަށް ވަދެ ވޯޓްލާ ބޫތަށް  ވަދެ ކުރާ ކަންތައް ދެނެގަތުން ކަމަށާއި އެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

ހަސަން ވިދާޅުވީ ވޯޓްލާ މީހުންގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑު ނަމްބަރު އަދި ވޯޓް ލިސްޓުގައި އިންނަ ސުމާރު ނަމްބަރު، ވޯޓްލާ ތަނުގައި އިއުލާންކުރަންޖެހޭނެ ކަމަށާއި އެކަން ކުރޭތޯ ބަލާނެ ކަމަށެވެ. އެއަށްފަހު ވޯޓްލާން ދާ މީހާ އަށް އޭނާ ދޭ އައިޑީ ކާޑްގައި ވާ ފޮޓޯ އާއި ލިސްޓުގައި އިން ފޮޓޯ ދިމާވޭތޯ ސަމާލުވެތިބެ ސަމާލުކަމާއެކު އޮބްޒާވަރުންނާއި މަންދޫބުން ބަލަންވާނެ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެގޮތަށް ބަލާ ބެލުމުގައި ވޯޓް ލާ މީހާ ދޭ އައިޑީ ކާޑުގައި އިންނަ ފޮޓޯ އާއި މީހާ ދިމާ ނުވާކަމަށް ޝައްކު ކުރެވޭ ނަމަ، މަންދޫބުން އެތަނުގައި ހުންނަ އިލެކްޝަންސް އޮފިޝަލްގެ އަރިހުން އިތުރަށް އެ އައިޑީ ކާޑް ބަލައި ޗެކްކުރުވަން ވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވޯޓްލާން ދާ މީހާގެ އައިޑީ ކާޑުގައި އިންނަ ފޮޓޯ އާއި މީހާ ދިމާވާކަން ޗެކްކުރާނެ ކަމުގެ ޔަގީންކަން ޕާޓީ އޮފީހުން ދީފައިވާކަމަށެވެ. ހަސަން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތިން އިންތިހާބެއް ބާއްވާ ކަމަށާއި އެހެން ކަމުން ތިން ކުލައިގެ ވޯޓް ކަރުދާސް ޕްރިންޓްކުރެވިފައި ވާނެކަމަށެވެ.

އެހެންކަމުން އިންތިހާބުގެ ކުރިން ކޮންމެ ބޭފުޅަކަށް ލިބެނީ ކޮން ކުލައިގެ ކަރުދާސް ކޮޅެއްކަން އެނގިފައިއޮތުމަކީ މުހިއްމު ކަމެއް ކަމުގައި ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އުމުރުން 35 އަހަރުން މަތީގެ އަންހެން ވޯޓަރުންނަށް ލިބޭނި ދެ ކަރުދާސްކޮޅު ކަމަށާއި އެއީ އޭނާ ވޯޓްލާންޖެހޭނީ އަންހެނުންގެ ރޫހާއި ޗެއަރޕާސަން އިންތިހާބަށް ކަމުގައިވީތީއެވެ. އަދި އުމުރުން 35 އަހަރުން މަތީގެ ފިރިހެނުންނަށް ލިބޭނީ އެއް ކަރުދާސްކޮޅު ކަމާއި އެއީ އޭނާ ވޯޓްލާން ޖެހޭނީ ހަމައެކަނި ޗެއަރޕާސަން ގެ މަގާމަށް އެކަނި ކަމުގައިވާތީއެވެ.

ހަސަން އިތުރަށް ވިދާޅުވީ އުމުރުން 35 އަހަރުން ދަށުގެ ފިރިހެން ވޯޓަރުންނަށް ލިބޭނީ ދެ ކަރުދާސް ކޮޅުކަމަށާއި އެއީ އޭނާ ވޯޓްލާންޖެހޭނީ ޗެއަރޕާސަން ގެ މަގާމަށާއި ޒުވާނުންގެ ހިތްވަރުގެ މަގާމަށް ކަމަށާއި އަދި އަންހެނުންގެ ރޫހުގެ އިންްތިހާބުގައި ފިރިހެނުނަށް ވޯޓް ނުލެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި މިހާރު ވެސް ސަރުކާރުގެ ކުންފުނިތަކުން ދަނީ އެ ތަންތަނުގައި މަސައްކަތްކުރާ މީހުން ވޯޓުލުމަށް ފަހު، އޭގެ ފޮޓޯ ފޮނުވަން އަންގަމުންނެެވެ. އެހެންވެ، ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެކަހަލަ ކަމެއް ކުރިޔަސް އެމީހެއްގެ ވޯޓު ކަރުދާސް ފޮއްޓަށް ނުލެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: