ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނިކަލް ދާއިރާއިން މީހުން ހޯދުމަކީ ރާއްޖޭގައި އިންތިހާއަށް ދަތިކަމެއް: ޑރ އިބްރާޙިމް ހަސަން

މިނިސްޓަރ ޑރ އިބްރާހިމް ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްނިކަލް ދާއިރާއިން މީހުން ހޯދުމަކީ ރާއްޖޭގައި އިންތިހާ އަށް ދަތި ކަމެއް ކަމަށާއި އެ ފަރަގު ކުޑަކުރަން ބޭނުންވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ފެއާވެލް ރިސެޕްޝަންގައި މިނިސްޓަރު ވިދާޅުވީ އެ ވޯކްޝޮޕަކީ ކޮވިޑްގެ އާލަމީ ވަބާއިން ދިމާވި ބޮޑު ގޮންޖެހުމަކުން އަރައިގަތުމަށް ލިބުނު ކުރިއެރުމެއް ކަމުގައި ޑރ ހަސަން ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ސްކޮލާޝިޕް 20 ފަރާތަކަށް ލިބިފައިވެ އެެވެ. އެ ސްކޮލާޝިޕްތަކުގެ ސަބަބުން ވެސް ތައުލީމީ ދާއިރާ އަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެބޭފުޅުންގެ މަސައްކަތަކީ ރާއްޖޭގެ ވޯކް ފޯސް އަށް ބޭނުންވާ ފަންނީ ހުނަރުވެރި މީހުން ބިނާ ކުރުމަށްޓަކައި  ކުރަމުންދާ ބުރަ މަސައްކަތެއް ކަމަށެވެ.

ކޮވިޑުގެ އާލަމީ ވަބާގައި ފާހަގަ ކުރެވުނީ ރާއްޖޭގައި މަސައްކަތް ކުރަންތިބި ވަރަށްގިނަ ހުނަރުވެރި ފަންނުވެރި މަސައްކަތްތެރިން ފެނިގެން ގޮސްފައިވާ ކަމަށް ޑރ ހަސަން ވިދާޅުވިއެވެ. އަދި އެވަގުތު ގައުމަށްދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދުނިޔެއަށް ބޭނުންވާ ހުނަރުވެރި ފަންނީ ޒުވާނުން ކުރުމުއްދަތެެއްގެ ތެރޭގައި ތަމްރީނުކޮށްގެން ނެރުން ކަމަށާއި އެކަމަކީ އުނދަގޫ މަސައްކަތެއް ކަމުގައި ޑރ ހަސަން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަނަކީ މިހާރަށްވުރެ ބޮޑަށް އިހްތިރާމް ލިބިގެންވާ ދާއިރާއަށް ވާންޖެހޭ ކަމަށާއި އެކަމުގައި ގިނަ ބަޔަކު ޝާމިލް ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.މިނިސްޓަރުގެ ވާހަކަފުޅުގައި ހުނަރުވެރި ޒުވާނުން މަސައްކަތުގެ ދާއިރާ އަށް ނިކުތުމުން ގައުމަށް ދިމާވެފައިވާ ގިނަ އިޖްތިމާއީ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބިގެން ދާނެކަން ފާހަގަ ކުރެއްވިއެވެ.

ޒުވާނުންނަކީ ޒިންމާދާރު ބައެއްކަމާއި ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން އެނގޭ ބައެއް ކަމަށާއި ނަމަވެސް އެެމީހުންނަށް ލިބޭ ފުރުސަތުތައް ހަނިވެގެން ދާތީ ބައެއް ފަހަރު މައްސަލަ ނިކުންނަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް ޑރ ހަސަން ވިދާޅުވިއެވެ.

ޒުވާނުންނަށް މަސައްކަތެއް ކުރަން ބޭނުންވާނަމަ އެމަސައްކަތެއް ކުރަން ބޭނުންވާ ހުނަރު ދަސްކުރުމުގެ ފުރުސަތު އެކޯހުގެ ސަބަބުން ފަހިވެގެން ދާ ކަމުގައި ޑރ ހަސަން ފާހަގަކުރެއްވިއެވެ. އަމާޒަކީ ޒުވާނުންގެ ހުނަރާއި ގާބިލްކަން ދައްކައި އެމީހުން ބާޒާރަށް ނެރެ ޒުވާނުންނަކީ މަސައްކަތް ކޮށް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ޑރ ހަސަން ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި މޯލްޑިވްސް އިންސްޓިޓުޓް އޮފް ޓެކްނޮލޮޖީގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް ދެއްކެވި ވާހަކަފުޅުގައި އެޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 120 ކުދިން ބައިވެރިވެ 108 ކުއްޖަކު ކޯސް ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ.

މިވަގުތު ކުރިއަށް ދާ ޕްރޮގްރާމްގައި 150 ކުދިން ތަމްރީނު ކުރަމުން ގެންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ސްކިލް ޓްރޭނިން ކުރިއަށް ގެންދިއުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި ސަބަބަކީ ޕްރައިވެޓް ސެކްޓަރ ގައި މީހުން ބިނާ ކުރުމުގައި ބަޖެޓް ނެތުމުން އެކަމުގައި ދަތިތަކެއް ހުރުމުން ކަމަށް އާދަމް ވިދާޅުވިއެވެ.

ވަޒީފާގެ ބާވަތުން ވަޒީފާއަށް ކުރިމަތިލާ މީހުން މަދުވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އަމިއްލަ ބޮޑެތި ކުންފުނި ތަކުން އިދާރީ ކަންކަމާއި ގުޅުން ހުރި ވަޒީފާތަކަށް ގާތްގަނޑަކަށް 400 އެއްހާ މީހުން ކުރިމަތިލި ނަމަވެސް ވެލްޑަރަކަށް އިއުލާން ކޮށްފިނަމަ އެކަމަށް ކުރިމަތިލާނެ އެކަކުވެސް ނުވާނެ ކަމަށާއި ޖެހޭނީ އެހެންތަނެއްގައި ހުރި ވެލްޑަރަކު ކަނޑާލައިގެން ގެންދަން ކަމަށް ވިދާޅުވިއެވެ. ހުނަރުވެރި މީހުން ހޯދުމުގައި ހުރި ދަތިކަން ފާހަގަ ކުރައްވައި އާދަމް ވިދާޅުވީ އެމްއައިޓީ އިން ގިނަ ރިސޯޓް ތަކާއި އެކު މަސައްކަތް ކުރައްވާއިރު ފާހަގަކުރެވެނީ ޕްލަމްބިން ފަދަ މަސައްކަތްތަކަށް މީހުން ބޭނުންވެގެން އެދޭކަމުގައެވެ.

ޓްރޭނިންގ ކެޕޭސިޓީ އިތުރުކުރާނެ މެކޭނިޒަމް އެއް ހަދަންޖެހޭ ކަމުގައި އާދަމް ވިދާޅުވިއެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކުގައިވެސް ހުނަރުވެރި މީހުން ހޯދުމަކީ ދަތި ކަމެއް ކަމަށާއި އެކަމަށް އަމާޒުކޮށްގެން އެކުލަވާލާ ޕްލޭނެއްގެ ދަށުން ބޭނުންވާ ތަމްރީނު ދެވިއްޖެ ނަމަ މަސައްކަތުގެ ދާއިރާގައި ބޭނުންވާ އިލެކްޓްރީޝަނުންނާއި، މެކޭނިކުންނާއި، ވެލްޑަރުން  ފަދަ މީހުން ފަސޭހަ ކަމާއެކު ލިބިގެންދާނެ ކަމަށް އާދަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: