ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލު އުފެއްދި ދެ ވޯޓު ކަރުދާހުގައި މައްސަލައެއް ނެތް، ވިލިމާލެ ޑަބްލިއުޑީސީ ޕީޕީއެމަށް!

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ކާމިޔާބު ކުރި ޕީޕީއެމްގެ ކެނޑިޑޭޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަސް މަސައްކަތް ކުރާ ކޮމީގެ ބައި އިލެކްޝަނުގެ ވޯޓު ފޮއްޓެއް އަލުން ގުނުމުން ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަނަށް މުހިއްޔުދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާސް ޗެކް ކުރުމަށް ނިންމައި އެކަން އީސީން މީޑިއާތަކަށް ހާމަކުރީ މިއަދު އެވެ.

އެއް ވޯޓުގެ ތަފާތަކުން މި އިންތިހާބު ޕީޕީއެމްގެ ކެނޑިޑޭޓު ކާމިޔާބު ކުރިއިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ވޯޓު ކަރުދާސް އަލުން ގުނައިދޭން އެދި ހުށަހަޅާފަ އެވެ. އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރީ ފާތިމަތު ނާޒިމާއަށް 359 ވޯޓު ހޯދިއިރު، އެމްއެންޕީގެ ޓިކެޓުގައި ވާދަކުރި އާމިނަތު ޝީޒާއަށް ލިބިފައި ވަނީ 358 ވޯޓެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީގެ ގޮޑި ހުސްވެގެން ދިޔައީ މަގާމުގައި ހުންނެވި އާމިނަތު އީމަން ނިޔާވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް އިއުލާނުކޮށް ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިން ނަމަވެސް ވަގުތު ހަމަވީއިރު އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ. އެމްޑީޕީއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނީ ވަގުތު ހަމަވީފަހުން ފޯމު ހުށަހަޅާފައިވާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: