ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިންގެ ގެކޮޅަށް ސްޕްރޭކުރި މީހާ ހައްޔަރުކޮށްފި

ރައީސް ޔާމިންގެ ގެކޮޅަށް ސްޕްރޭކޮށްފައި: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުފައި މީހަކު ހައްޔަރުކޮށްފިއެެވެ،

ފުލުހުންގެ މުއައްސަސާއިން މިއަދު މައުލޫމާތުދީފައިވާގޮތުގައި މީގެ ދުވަސްތަކެއް ކުރިން ރައީސް ޔާމިންގެ ގެކޮޅަށް އަދި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދީފައިވާ މައްސަލައާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުންވަނީ ވިހި އަހަރުގެ ފިރިހެނަކު ހައްޔަރުކުރެވިފައިއެވެ. އެމީހާ ހައްޔަރުކުރެވިފައިވަނީ މޭ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައިއެވެ.

މިމައްސަލައިގައި ހައްޔަރު ކުރެވިފައިވާ ފަރާތާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ދީފައި ނުވާއިރު، އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުންގެ މުއަައްސަސާއިން ވަނީ ހާމަކޮށްފައިއެވެ.

އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިން ކުރިއަށްގެންދާ “އިންޑިއާ އަައުޓް” ކެމްޕެއިން ހުއްޓުމަށް ގޮވާލާ ދިވެހިރާއްޖޭގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންގެ ދިފާއުގައި މޯލްޑިވްސް ޔޫތް ފޯސްގެ ނަމުގައި ބަޔަކު މީހުން ދާދި ފަހުން ރައީސް ޔާމިންގެ ގެކޮޅުދޮށަށް އެއްވެ މުޒާހަރާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މުޒާހަރާގެ ބައިވެރިން ރައީސް ޔާމިން ޖަލަށްލުމަށް ގޮވާލަމުން ދިއައިރު، އެމަނިކުފާނަށް ތާއީދުކުރާ މީހުންވަނީ އެސަރަހައްދަށް އެއެއްވެ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދިއުމަށް ގޮވާލައިފައިކަމަށްވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: