ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިމެނުމުގެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ ދެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފިއެވެ.

އެބިއުރޯއިން ހާމަކުރިގޮތުގައި ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވެއެވެ. އެއީ މާލެ ސަރަހައްދަށް 2،409 މީހުންނާއި އަތޮޅުތަކަށް 1،991 މީހުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ 583 މީހުން ކަމަށާއި އަތޮޅުތަކަށް ބޭނުންވާ 269 މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ބިއުރޯ އިން ބުނީ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަސް 500ރ ގެ އެލަވަންސެއްް ދޭއިރު އިތުރަށް 10ރ ގެ ފޯން އެލަވަންސެއް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ލިބޭނެއެވެ. އަދި މަސައްކަތަށް ނިކުންނަން ޖެހޭނީ  ހަފްތާ އަކާ އެކު ހަތަރު ދުވަހު ކަމަށެވެ.

މީގެ އިތުރުން މަސައްކަތުގައި ބައިވެރިވާ މީހުންނަށް ހަފްތާއެއްގެ ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީން ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ލިބޭނެއެވެ.

ބޯހިމެނުމުގައި ހަރަކާތް ތެރިވާ މީހުންނަށް އެލަވަންސް ދޭން ހަމަޖެހިފައިވަނީ ތަމްރީން ފުރިހަމަކޮށް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަ ކޮށް ނިމުނީމައެވެ.

ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: