ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ލައްކައަށް ވުރެ ގިނަ ކޫޕަންގެ ތެރެއިން ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް ރޯދަ ޕްެރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހާއި ދިމާކޮށް ރެޑްވޭވްއިން ކުރިޔަށް ގެންދިޔަ “ރެޑްވޭވް ރޯދަ ސޭލް 2022” ނަސީބުވެރިން ހޮވައިފި އެވެ.

ޖެނުއަރީ 01 އިން ފެށިގެން ރޯދަ މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ރެޑް ވޭވްގެ 12 ފިހާރައެއްގައި ކުރިޔަށް ގެންދިޔަ އެވެ. އަގުބޮޑެތި އިނާމުތަކާއި އެކު ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނުގައި ބައިވެރިކޮށްފައި ވަނީ ކަސްޓަމަރުން ކުރި ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިވެރިއަކަށެވެ. އަދިި ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވީކަމުގެ ކޫޕަނެއް ދޫކޮށް މިއަދު ކުރިޔަށް ގެންދިޔަ ގުރު ނެގުމުގައި ޕްރޮމޯޝަނުގެ ފަސް ނަސީބުވެރިން ވަނީ ހޮވާފަ އެެވެ.

ހުޅުމާލޭގައި ހުންނަ ރެޑް ވޭވްގެ މެގަ މޯލްގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި ކުރިޔަށް ގެންދިޔަ ގުރު ނެގުމުގައި ހޮވުނު ފަސް ކަސްޓަމަރުންނަކީ އިހްސާނާ އަހުމަދާއި، މުހައްމަދު އީމާން އަދި އާމިނަތު ރީމްގެ އިތުރުން މިސްތަފާ ރަޝީދާއި މުހައްމަދު ރިފާއު އެވެ. އިނާމުތަކުގެ ތެރޭގައި ހިމެނެނީ ޝާޕް އައިސް އަލަމާރި އާއި، 9000 ބީޓީޔޫ އޭސީ، އަދި ސޯފާއެއްގެ އިތުރުން ހައިސެންސް އިލެކްޓްރިކް ހޮބް އާއި މްލްޓި ފަންކްޝަން ސްޕިން ބައިކް އެވެ.

މީގެއިތުރުން ޕްރޮމޯޝަނުގެ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ނަސީބުވެރިއެއްގެ ގޮތުގައި ހޮވިފައި ވަނީ އިސްމާއީލް އަހުމަދެވެ. އަދި 10،000 ރުފިޔާގެ އިނާމު ލިބޭ 10 ކަސްޓަމަރުން ވެސް ހޮވާފައި ވެއެވެ. އެއީަ މުހައްމަދު އަބްދުﷲ އާއި، އަލީ އަޒާން، އައިޝަތު ޔޫސުފް، ނަތާޝާ އަބްދުލް ރަހްމާން، ނާއިލް، އައިޝަތު ޔޫލީ، އިހުސާން ނައީމް، އައިޝަތު ފަރުޒާނާ އަދި ސޯބިރާ އިސްމާއީލާއި މަރީމް އެވެ.

މި އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއަކޮށް – ޓޮޕް ފޭން ބެޖް ހޯދިފަ ރާތްތަކުގެ ތެރެއިން 3 ނަސީބުވެރި ފަރާތެއް ވެސް ވަނީ ހޮވާފައެވެ. އެގޮތުން 1 ވަނައަށް 50 އިންޗި ހައިސެންސް ޓީވީއެއް “މަރީ މަ ލާ” އަށް ލިބިގެން ދިޔަ އެވެ. އޭގެ އިތުރުން ޓޮޕްފޭން ބެޖްގެ ދެވަނަ ހޯދި އިސްމައިލް އަހްމަދަށް ގްލެން އެއަރ ޕިއުރިފަޔަރ 1 އެއް ދީފައިވާއިރު، ޓޮޕްފޭން ބެޖްގެ ތިން ވަނަ ހޯދި މަރިޔަމް އިނާޝާއަށް ދީފައި ވަނީ ގްލެން އެއަރ ޕިއުރިފަޔަރ 2 އެވެ.

ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އަޕްޑޭޓު ކުރާނެކަމަށް ރެޑްވޭވްއިން މައުލޫމާތުދެ އެވެ.

ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވްގެ މީސް މީޑިއާ އެކައުންޓުތަކުން މިއަދު ލިބިގެންދާނެކަމުގައި ރެޑްވޭވްއިން ބުނެފައި ވެއެވެ. އަދި ރެޑްވޭވް ރޯދަ ސޭލްއަކީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެން ދިޔަ ޕްރޮމޯޝަނެއްކަން ފާހަގަ ކުރި އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: