ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

72 ކިލޯ ޑްރަގްސް ދައުވާއިން ދޫވި މީހުންގެ މައްސަލަ އިސްތިއުނާފަށް!

މި މައްސަލައިގައި ދައުލަތުން އެންމެ ބޮޑު ތުހުމަތެއް ކުރަނީ އިރުފާންގެ މައްޗަށް/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިހުމާލުތަކެއްގެ ސަބަބުން ކްރިމިނަލް ކޯޓުން ދޫވި، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

8 ޑިސެންބަރު 2020 ދުވަހު، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަޤިއްޔުއާއި، ރ. އިންގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް އިސްވެހުރެ، “މަސްޖަރީ 2” ނަމަކަށްކިޔާ ދޯންޏެއްގައި، ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާލިބޭ 10 މީހުންގެ ތެރެއިން 03 މީހަކު ދޫވެފައި ވަނީ އިޖުރާއީ ބައެއް ގޯސްތަކެއްގެ ސަަބަބުންނެވެ.

މި މައްސަލައިގައި ހިމެނޭ އަކްރަމް ދޫވީ، އޭނާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުންކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ އެވެ. އަދި ޝަރީފްގެ މައްޗަށް  ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ވެސް ކޯޓަށް ހުށަހަޅާފައި މުއްދަތު ހަމަވީފަހުންކަން ހުކުމުގައި ފާހަގަ ކުރި އެވެ.

އިރުފާން ތަގިއްޔު ދޫކުރުމަށް ނިންމާފައި ވަނީ ދައުލަތުން އޭނާއާއި ދެކޮޅަށް ހުށަހެޅި ހެކިތަކުން 45 ހެއްކެއް ބަލައިނުގަތުމަށް ނިންމުމަށް ފަހު އެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި މައްސަލަ މާދަމާގެ ވަގުތެއްގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: