ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ތުހުމަތު ކުރަނީ އެއްލައްކައަށް ވުރެ އަގުބޮޑު ބެނާ ފުލުހުން ނައްތާލާފައިވާކަމަށް!

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ހ. ދޫވެހީގައި ހަރު ކުރި ބެނާ ނެގުމަށް ދަށު ކޯޓުން ނެރުނު އަމުރު ގޯސްކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައި ވާތީ ބެނާތައް ހޯދަން އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ މެންބަރުން ފުލުހުންގެ މައި އިދާރާއަށް ގޮސްފި އެވެ.

އާއްމު މަސްލަހަތަށް ނުރައްކާވާކަމަށް ބުނެ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައެޅީ އިއްޔެގެ ވަގުތެއްގަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައި ހުރި ބެނާތައް ކޯޓު އަމުރުތަކުގެ ދަށުން އެގެތަކަށް ވަދެ ނަގަމުން ދާއިރު، ކޯޓު ހުކުމުގައި ވަނީ ބެނާ ހަރުކޮށްފައި ހުރީ ހ. ދޫވެހީގެ ބޭރުގައިކަމަށް ވުމުންނާއި، އެއީ ހަދަމުން ދިޔަ އެ އިމާރާތުގެ އެންމެ މަތީ ހުރި ދާގަނޑުން ހުރި ހޮޅިތަކެއްގައި އައްސާފައި ހުރި ބެނާއެއް ކަމަށެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

ބެނާ ބަލައިކަމަށް ބުނެ ފުލުސް އޮފީހަށް ގޮސް، އިދިކޮޅުން މީޑިއާތަކަށް ބުނީ ބެނާ ވަގުތުން ހަވާލު ނުކުރެވޭނެކަމަށް އަންގާފައިވާކަމަށެވެ. އަދި ބެނާ ހަވާލު ކުރާނީ ކަމާއި ބެހޭ ޑިޕާޓްމަންޓުންކަމަށް ވިދާޅުވިކަމަށް މައުލޫމާތު ދިނެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބެނާތައް ފުލުހުން ނައްތާލާފައިވާކަމުގެ ތުހުމަތުތައް ކުރެވޭކަމަށެވެ. އެ ނޫން ސަބަބެއް ނެތްނަމަ، ބެނާތައް ވަގުތުން ހަވާލު ކުރީސްކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާގެ އަގު 150،000 ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި އެހެން ބެނާތަަކުގެ އަގު ވެސް 75،000 ރުފިޔާއަށް އަރާނެކަމަށް ވިދާޅުވި އެވެ.

ހައިކޯޓުގެ މި ނިންމުމާއި އެކު އިދިކޮޅުން ކުރިޔަށް އޮތްތަނުގައި ހަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: