ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތްތައް ލައިވް ކުރަން ފަށަނީ، މާދަމާ އަޑުއެހުމެއް އޮންނާނެ!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާއިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތްތައް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ހިނގަމުން ދާއިރު މައްސަލައިގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަތް ނަމަވެސް ކޯޓުގައި ވަސީލަތް ނެތް ކަމަށް ބުނެ މިހާތަނަށް އަޑުއެހުންތައް ލައިވް ނުކުރެއެވެ. އޭރު މައްސަލަ ލައިވް ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެފައިވަނީ ލައިވް ކުރެވެން ނެތީ ކޯޓުގައި އެކަށޭނެ ވަސީލަތް ނެތުމުގެ ސަބަބުން ކަމަށެވެ.

އެހެންވެ އެ ވަސީލަތްތައް ހަމަޖެހެންދެން މައްސަލަ މަޑުޖައްސާލަން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް ރާއްޖޭގެ ޕްރައިވެޓު ދެ މީޑިއާއެއްކަމަށް ވާ “ސަންގު ޓީވީ” އާއި “ޗެނަލް 13” އިން މައްސަލަ ލައިވް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި އެވެ. އަދި ސަންގު ޓީވީން ވެސް ވަނީ ހުރިހާ ވަސީލަތްތަކާއި އެކު، އެއްވެސް އަގެއް ނެގުމަކާއި ނުލައި މައްސަލަ ބްރޯޑްކާސްޓު ކުރެވިދާނެކަން ފާހަގަކޮށް ސިޓީ ހުށަހަޅާފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްވީކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނެ އެވެ.

މި ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މާދަމާގެ 13:00 އަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރަނީ، ރަށް ވިއްކާލައިގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: