ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސްގެ މަސައްކަތުގެ ބޮޑުބައި ނިމި، އާއްމުންނަށް ފްލެޓުތައް ބަލާލުމުގެ ފުރުސަތު!

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ފަށާފައިވާ ވިނަރެސް ފްލެޓްތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެފުރުސަތު ހުޅުވާލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ތަރައްގީ ކުރި ފްލެޓުތަކުގެ ތެރެއިން، ވިނަރެސް ފްލެޓުތަކަކީ ހިޔާ ފްލެޓުތަކާއި ވަކިން ތަރައްގީ ކުރި އިމާރާތްތަކެކެވެ.

ވިނަރެސް ފްލެޓުތައް އަންނަ ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

ފްލެޓުތައް ބަލާލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލިއިރު، މީގެ ކުރިން ގުޅީފަޅުން ފްލެޓު ލިބި، ދޫކުރި 91 މީހަކާއި ހިޔާއިން ފްލެޓު ދޫކޮށްލި 76 ފަރާތަކުން ވަނީ ވިނަރެސް ފްލެޓައް އެދި ހުށަހަޅާފަ އެވެ. ވިނަރެސް ފްލެޓުތަކާއި ގުޅޭގޮތުން އެޗްޑީސީން އާއްމު ކުރި ބަޔާނެއްގައި ބުނީ، ދެވަނަ ފިޔަވަހިން ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ އަދި މައުލޫމާތު ޝެސަން ތަކުގައި ބައިވެރިވުމަށް ބޭނުން ފަރާތްތަކުން އެކުންފުނީގެ ވެބްސައިޓްގައިވާ ލިންކުން ރަޖިސްޓަރ ވުމުން އެކަން ހަމަޖެހިގެންދާނެ ކަމުގައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ ހައުސިންގ ޔުނިޓް ތަކުގެ ތެރޭގައި ހިމެނެނީ 13 ފްލޯގެ ދިހަ ޓަވަރު އަދި ޖުމްލަ 1344 ފްލެޓެވެ.

ކޮންމެ ފްލޯއެއްގައި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ހުންނަ ވިނަރެސް ފްލެޓް ތައް ބެހިފައިވަނީ މައިގަނޑު ހަތަރު ކެޓެގަރީ އަކަށެވެ. އެއީ މެރީނާ ވިއު އާއި އިނަރ ވިއު އާއި އައުޓަރ ވިއު އަދި ސްޓެންޑަރޑް އެޕާޓްމެންޓްސް އެވެ.

ވިނަރެސް ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 2.5 އަދި 2.7 މިލިއަން ރުފިޔާ އަށެވެ. ފްލެޓަށް ލާރިދެއްކުމުގައި އެއްފަހަރާ ފައިސާ ދެއްކުމާއި އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މި ފްލެޓްތައް ގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.

އެގޮތުން އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދައްކާނަމަ، އަގު ދެގުނަވެ މަހު ކުލީގެ ގޮތުގައި 17،000 ރުފިޔާ ދައްކަން ޖެހެއެވެ.

ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ އާންމު އުސޫލެއްގެ ގޮތުގައި އުމުރުން 18 އަހަރު ވެފައި ވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމުގެ އިތުރުން މާލޭގެ ރައްވެއްސެއް ކަމުގައި ވުމާއި މާލޭގައި ރަޖިސްޓްރީ ވި ދުވަހުން ފެށިގެން މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާ މީހެއް ކަމުގައި ވާންޖެހެއެވެ.

މީގެ އިތުރުން މީގެ ކުރިން 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ނުވަތަ ފައިސާ ދައްކާ ފަރާތަކަށް ނުވުން ހިމެނެއެވެ. އެފަދަ ފަރާތެއް ނަމަ، ވިނަރެސް ފްލެޓް ލިބުމާއެކު ކުރިން ފައިސާ ދައްކަމުން ގެންދިޔަ ފްލެޓް ނުވަތަ އިމާރާތް ދައުލަތަށް އަނބުރާ ނެގޭނެއެވެ.

އަދި ފްލެޓް ހޯދުމަށް އެދި ފޯމް ހުށައަޅާ ފަރާތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މާލެ ސިޓީގައި ދިރިއުޅުމަށް 600 އަކަ ފޫޓް ނުވަތަ އެއަށް ވުރެ ބޮޑު ބިމެއް ވިއްކައިފައި އޮވެގެން ނުވާނެ ކަމަށް ވެސް އެޗްޑިސީން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: