ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް!

އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ ގްރޮއިން ޖެހުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 336 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށާއި މި މަޝްރޫޢަކީ 11.6 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރަށް ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީގެ ފަރާތުން ދަނީ ކުރަމުންނެވެ. 28.1 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރުން ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލުމާއި 600 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރުގެ މަގު މަތީގައި މަގު ބައްތި ހަރުކުރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެކުންފުނިން ބުނެއެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: