ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަރާބުކުރި ކުނިތައް، ސަރުކާރުގެ އެތެރެއިން ސާފު ކުރަން ޖެހޭ: އާދަމް ޝަރީފް

އުކުޅަސްގައި ބޭއްވި ވިޔަވަތި ކޮންފަރެނެސް ފެށުމުގެ ކުރިން ބޭއްވި ހަރަކާތްތަކުގައި ރައީސް ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރަންކަމަށް ބުނެ ސަރުކާރާއި ހަވާލުވެ ތިބި ބަޔަކާއި ހެދި މުޅި ގައުމު ޚަރާބުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް ސަރުކާރުން އެއްވެސް ބަހެއް ނުބުނުމާއި، އަދި އެ ގައުމުގެ ވެރިކަން ކުރާ ބީޖޭޕީއިން ލައިވް ޓީވީއެއްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ކުށްވެރިކޮށް މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންގޮސް ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ.

މައްސަލަ ބަލައިގެނެ، ބަހުސް ކުރުމަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 33 މެމްބަރުން ވޯޓު ދެއްވިއިރު، 06 މެމްބަރަކު ވޯޓު ދެއްވީ ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ ވޯޓާއި އެކު މައްސަލަ ތަޅުމުން ބޭރު ކުރުމުން ނުރުހުންފާޅުކޮށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާ ކުރުން އިންތިހާއަށް އިތުރުވެފައިވާއިރު ސަރުކާރާއި މަޖިލީހުން ބީރު ކަންފަތެއް ދީގެން ތިބުން ކުށްވެރި ކުރާކަމަށެވެ.

ގައުމެއް ދަށުވެ، ބަސް ބުނަން ނުކުރުމަކީ އެއީ ލަދުގަންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ނިކުމެ މުޅި ސަރުކާރުގެ އެތެރެ ސާފު ކުރަން ޖެހޭ ކަމަށެވެ.

އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ، އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެންނަކަމަށެވެ.

ކީރިތި ގުރުއާނާއި، މި އުއްމަތުގެ ނަބިއްޔާއަށް ފުރައްސާރަ ކުރުމަކީ، ކޮންމެ މުސްލިމަކު އިންތިހާއަށް ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކޮށް އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ވިދާޅުވީ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް އިންތިހާއަށް ކަންބޮޑުވާއިރު ވެސް ސަރުކާރުން މި ހަސްހާސް މައްސަލައަށް އެއްވެސް ބަހެއް ބުނެ، ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވާކަމަށެވެ.

މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކުރުމުން ބައެއް މެމްބަރުން މިކަމާއި ގުޅޭގޮތުން ސުވާލު ކުރި އެވެ. ނަމަވެސް ޖަވާބު ދިނުމަށް ދެކޮޅު ހަދައި އިމްރާން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ނުވަތަ މި މައްސަލައިގައި ސަރުކާރުގެ ބަސް ބުނުމަކީ އޭނާގެ ޒިންމާއެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: