ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުވަ މަސް ފަހުން ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު؛ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކޮންމެ މަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް ވިދާޅުވެފައި ވީނަމަވެސް، ރައީސް ޕްރެސް ކޮންފަރެންސްއެއް ނުބާވާތާ ނުވަ މަސް ވަނީ ވެފަ އެވެ.

މިއަދުގެ 16:00 ގައި ޕްރެސް ބާއްވާއިރު، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ ރިޒާވްގައި ފައިސާ ހުރި މިންވަރާއި މެދު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދިއުމާއި، ރާއްޖޭގެ ދަރަނި 98 ބިލިއަނަށް އަރާފައިވާކަން ފާހަގަ ކުރެވެ އެވެ.

މަޝްރޫއުތަކަށް ފައިސާ ހަރަދު ނުކުރުމަށް ބައެއް މާލީ އިދާރާތްތަކުން އިރުޝާދު ދީފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ލޯނުތައް އަނބުރާ ދެއްކުމުގައި އެއްވެސް ގޮންޖެހުމެއް ނެތްކަމަށާއި، ރާއްޖޭގެ ރިޒާވް ހުސްވުމާއި ގާތްވެފައިވާކަމަށް ބުނެ ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއި، ރަޝިދާ – ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުން ކުރާ އަސަރު ގާތުން ބަލަމުންދާކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހުރި ކާޑުގެ ބާވަތްތަކުގެ ތަފްސީލު ހޯދުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅާފައިވާއިރު އެނގިފައިވާ ގޮތުން މިއަދު ރާއްޖެއަށް ގިނަ އަދަދެއްގެ ކާޑުގެ ބާވަތްތައް ވަނީ އިތުރުކޮށްފަ އެވެ. ބެލެވޭ ގޮތުން ޕްރެސްގައި ރައީސް މި މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ.

ރައީސް ނޫސްވެރިންނާއި ބައްދަލު ނުކޮށް ގިނަ ދުވަސްވީއިރު، އެމަނިކުފާނު ނިސްބަތްވާ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ އެތެރޭގައި ވެސް ވަނީ ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: