ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު މޭކަރާވަރުން، ޝަރީއަތް ލައިވް ކުރުން ހުއްޓުވަން މަޖުބޫރުކުރީ: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށް ކުއްޔަށް ދިނުމުގައި އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިއަ ވަގުތު ޓީވީ ޗެނަލްތަކަށް އެ ޝަރީއަތް ލައިވް ކުރުންް ހުއްޓާލަން ކޯޓުން އެންގީ، ސަރުކާރުން މަޖުބޫރު ކުރުވުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅުގެ ޕީގީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ފަރާތުން އެދިލެއްވުމުން، މަނީލޯންޑަރިނާއި، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލޭ ވ އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށްގެންގޮސްފައިވަނީ، ޔޫޓިއުބަށް ލައިވްކޮށްގެން ކަމަށްވީނަމަވެސް، ކްރިމިނަލް ކޯޓުންވަނީ، އެ ޝަރީއަތް ހުއްދަ ނެގުމަކާއި ނުލާ ޓީވީ ޗެނަލްތަކުން ރީބްރޯޑްކާސްޓް ނުކުރުމަށް އަންގާފައިއެވެ.

ރައީސް ޔާމިންގެ މައްޗަށް އުފުލިފައިވާ އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި، މަނީލޯންޑަރިންގެ މައްސަލަ، ޓީވީ ޗެނަލްތަކުން ލައިވް ނުކުރުމަށް، ކްރިމިނަލް ކޯޓުން އެންގުމާއި ގުޅިގެން، ޓްވީޓެއް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމިންގެ ޝަރީއަތް ލައިވް ކުރުމަކީ، ސަރުކާރުން ވަރަށް ”މޭކަރާ“ ކަމެއްކަމަށެވެ. އަދި މިފަހަރު، ލައިވް ކޮށްފައިވަނީ، އިތުރު ގޮތެއް ނެތިގެންކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ޓީވީ ޗެނަލްތަކުން އެ ޝަރީއަތް ލައިވް ކުރާތީ ރައީސް ސޯލިހުގެ ސަރުކާރުން ކަނބޮޑުވެލައްވާކަމަށާއި، އެހެންކަމުން، ސަރުކާރުންވަނީ، އެ ޝަރީއަތް ލައިވް ކުރުން ހުއްޓާލުވަން މަޖުބޫރުކޮށްފައިކަމަށެވެ.

 

”ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރުމަކީ ސަރުކާރުން ވަރަށް މޭކަރާ ކަމެއް، މިފަހަރު ލައިވް ކުރީ ގޮތް ހުސްވެގެން، ޓީވީތަކުން ލައިވް ކުރާތީ ސަރުކާރުން ކަންބޮޑުވާތީ ލައިވް ހުއްޓާލަން މަޖުބޫރު ކުރުވީ، ހައްގަށް ނަސްރު ލިބޭނެ، އިންޝާﷲ“ އާދަމް ޝަރީފް

ވ އާރަށް ކުއްޔަށް ދިނުމުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި، ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ ލޯންޑާ ކުރުމުގެ ކުށުގެގައި ދައުލަތުގެ ފަރާތުން ރައީސް ޔާމިންގެ މައްޗަަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ މަރުހަލާގައިވަނީ، ހެކިވެރިންގެ ބަސް ނަގަން ފަށާފައިއެވެ. ހެކި ބަސް ނެގުމުގެ މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ޝަރީއަތުން ނިންމާފައިވާއިރު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި މައްސަލަ ނިންމުމަށް މަސައްކަތްތައް ކުރެވެމުންދާކަމަށް، ވ އާރަށު މައްސަލައިގައި ކުރިން ބޭވުނު އަޑުއެހުންތަކުގައި މައްސަލަ ބައްލަވަން އިންނަވާ ގާޒީ ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: