ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް މިއޮތީ ލައިގެން ކާނެ އެއްޗެއްނެތް ހާލަތުގައި: ޓޮމް

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަައުލަތް އޮތީ ލައިގެން ކާނެ އެއްޗެއް ނެތް ހާލަތުގައިކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ ރާއްޖޭގެ މާލީ ރިޒާވް ހުސްވެ ދަރަނީގެ ސަބަބުން ގައުމު ބަގުރޫޓު ވެދާނެކަމުގެ އިންޒާރު މާލީ އިދާރާތްތަކާއި ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުންވެސް ރާއްޖެއަށް ދީފައިވާ ދަނޑިވަޅެކެވެ.

ރާއްޖޭގެ އިޤުތިޞާދީ ހާލަތު ދަށަށް ދަމުން ދާތީ އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ކަމަށް އޭނާ ގަބޫލުކުރައްވާ ފިޔަވަޅުތައް ހާމަކުރައްވާ ކުރެއްވި ޓްވީޓްގައި އިތުރަށް ވަނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީން ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ރައީސް ސޯލިހްގެ ވެރިކަން ފެށުމާއި ހަމައަށް ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބެލުމަށް އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮފީސް އުވާލުމަށްވެސް ގޮވާލާފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުން ގެންދާ މައްސަލަ އަކީ އަމީން ދީދީ އަވަހާރަކޮށްލި މައްސަލައެވެ. އަމީން ދީދީ އަވަހާރަވި މައްސަލަ ބަލާ އޮފީސް އުވާލެއްވުމުގެ އިތުރުން ދައުލަތް ހިންގުމުގެ އޮނިގަޑު 19 މިނިސްޓްރީން 13 ވަރަކަށް މިނިސްޓްރީއަށް ކުޑަކުރައްވަން ވެސް ޓޮމް ވަނީ ގޮވާލާފައެވެ. ޓޮމް ވިދާޅުވީ ޤައުމުގެ އިޤްތިސާދީ ހާލަތު ރައީސް ސޯލިހް ޤަބޫލުކުރައްވަން ޖެހޭކަމަށެވެ. އަދި“ދައުލަތް މިއޮތީ ލައިގެން ކާނެ އެއްޗެއްނެތް ހާލަތުގައި“ ކަމަށް ޓޮމް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ބަޖެޓަށް މިއަހަރު ވެސް 15 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމާފައެވެ. އަދި އެއޮފީހުން ބަލަމުންދާ މައްސަލަތައް ނިމޭ ގޮތަކުން ބައެއް މީހުންނަށް ދައުލަތުން ބަދަލު ވެސް ދޭން ޖެހުން އެކަށީގެންވެއެވެ. އިންތިގާލީ އިންސާފުގެ އޮފީސް ގާއިމުކޮށް ކުރީގެ ވެރިކަންތަކުގައި ލިބުނު އަނިޔާތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: