ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކޮންޓްރޯލް ގެއްލުން: ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުގައި އެ ބަސް ބޭނުންކޮށް ނޫޅޭކަމަށް!

މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކަރ"ގެ 5 ވަނަ ޕްރޮގްރާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާއިރު،ރައްޔިތުންގެ މަޖިލީހުގައި އަދި ވެރިކަން ކުރާ އެމްޑީޕީގެ ވެސް ކޮންޓްރޯލް ނެންގެވުމަށް މަސައްކަތް ނުކުރާކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އާސްކް ސްޕީކާ ޕްރޮގްރާމުގައި ގިނަ ބަޔަކު ރައީސް ނަޝީދާއި އަމާޒު ކުރި އެއް ސުވާލަކީ ސިޔާސީ ގޮތުން އެމަނިކުފާނު ބަލިކަށިވަމުންދާކަމަށާއި އަދި ޕާޓީގެ ކޮންޓްރޯލް ވެސް މިވަގުތު ގެއްލިފައިވާތީ މަސައްކަތް ކުރާނެ ގޮތާއި ގުޅޭގޮތުންނެވެ. އެމްޑީޕީ އަކީ ދުރުވިސްނޭ ޕާޓީއެއްކަމަށާއި، އެ ޕާޓީއާއި ދުރަށް ދިއުން ފަސޭހަ ނުވާނެކަމަށް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ 2023 ގެ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ކުރިމަތިލުމަކީ އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ގެންގުޅުއްވި ނަމަވެސް، ރައީސް ސޯލިހު ވަނީ ދެވަނަ ދައުރަކަށް ކޯލިޝަނަކާއި އެކު ވާދަކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އުފެދި، ރައީސް ނަޝީދާއި ރައީސް ސޯލިހާއި މެދު ހިޔާލު ތަފާތުވުން އުފެދިފައިވާކަން ފާހަގަ ކުރެވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިތުރުން، ޕާލިމަންޓް ގުރޫޕުގެ ކޮންޓްރޯލް ރައީސް ނަޝީދަށް ވަނީ ގެއްލިފަ އެވެ. އަދި މަޖިލީހުގައި އާއި ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ބައެއް މެމްބަރުން ދަނީ ފާޅުގައި ރައީސް ނަޝީދަށް ފާޑުކިޔަމުންނެވެ. އަދި އެމަނިކުފާނާއި އަރިސް މެމްބަރުން ސަރުކާރަށް ފާޑުކިއައި، އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ. އެބޭފުޅުން ތުހުމަތު ކުރާ ގޮތުގައި، ސަރުކާރު އިސްވެ އޮވެ މަސައްކަތް ކުރަނީ ރައީސް ނަޝޑީދުގެ ބާރު ކަނޑުވާލައި، އެމްޑީޕީން ބޭރު ކުރުމަށެވެ.

މިވަގުތު ކުރިމަތިވަމުން ދާ އެކި ހާލަތްތަކަށް ބަލައި އެމްޑީޕީގެ އެތެރެއިން ފުރުސަތުތަކެއް އޮތްކަމަށް ގަބޫލު ކުރައްވަންތޯ އާއި، ޕާޓީގެ ފުލް ކޮންޓްރޯލް ގެއްލެމުން ދޭތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނު ބޭނުން ކުރައްވަން ބޭނުންފުޅުވާ ބަހެއް ނޫން ކަމަށެވެ.

“އެއްވެސް އިރެއްގައި ސިޔާސީ ކަންކަމުގައި ކޮންޓްރޯލް އެ ބަސް އަޅުގަނޑު ބޭނުމެއް ނުކުރަން.. އަދި ކޮންޓްރޯލް ކުރާކަށް ވެސް ބޭނުމެއް ނޫން.. ހަގީގަތުގައި އަޅުގަނޑަށް ކުރަން އެނގޭ ވެސް ކަމެއް ނޫން” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބެވީ ވަކި ބޭފުޅެއްގެ މެމްބަރުންނެއް ނޫން ކަމަށެވެ. ހިޔާލު ތަފާތު ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަކަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ މެމްބަރުންނަކީ، އެމަނިކުފާނާއި އެކީ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަންގަވައި، ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ވާހަކަތައް ދޮގުކޮށް ރައީސް ނަޝީދު ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށާއި އަދި އެހެން ބޭފުޅަކު ވެސް ކޮންޓްރޯލް ނަންގަވަން މަސައްކަތް ކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: