ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ނުކުޅެދޭ އަންހެނަކު ރޭޕް ކުރި ދެމީހުން 15 އަހަރަށް ޖަލަށް!

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށް ޝާރީއަތް ހިންގި ދެމީހުން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ 31 ޖުލައި 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާގީ އަމަލު ހިންގި މައްސަލާގައި ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީއާއި، ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާޢު ޒުބައިރުގެ މައްޗަށް މިއަދު ހުކުމް އިއްވާފައިވާ ކަމަށެވެ.
ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި ދެމީހުން 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންދަނީ ސިއްރުން ކަމަށްވުމާއި އެކު މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: