ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޕީއޭ އިން އަލިމަތަ ރިސޯޓު ޖޫރިމަނާކޮށްފި

އަލިމަތަ ރިސޯޓު: ފޮޓޯ/ މައިމޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނިވާ ޒާތުގެ ކުނިތަކެއް ކަނޑަ އެޅި މައްސަލައިގައި އަލިމަތަ ރިސޯޓު ޖޫރިމަނާކޮށްފިއެވެ.

އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ވ.އަލިމަތަ ރަށުގައިވާ ނަކައި ރިސޯޓު ގުރޫޕުގެ، ނަކައި އަލިމަތަ ރިސޯޓުންވަނީ، ކުނިވާޒާތުގެ ކުނިތަކެއް ކަނޑަށް އަޅައިފައިއެވެ. އަދި އެ އަމަލު ކުނި މެނޭޖް ކުރުމުގެ މިންގަނޑުތަކާއި ހިލާފުވާކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

އަލިމަތަ ރިސޯޓުން ކުނިވާ ޒާތުގެ ކުނިތަކެއް ކަނޑަށް އެޅުމުން އެ އަމަލު ކުނި މެނޭޖް ކުރުމުގެ ގަވައިދައި ހިލާފުވާކަމަށް ފާހަގަކޮށް، އީޕީއޭއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން، އަލިމަތަ ރިސޯޓު ޖުމުލަ 312,750 ރުފިޔާއިން ޖޫރިމަނާ ކުރާކަމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ޖޫރިމަނާގެ ފައިސާތައް ތިރީސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަލިމަތަ ރިސޯޓުން އީޕީއޭއަށް ދެއްކުމަށްވަނީ އެންގިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: