ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޮޓަބަޔާ އިސްތިއުފާދެއްވައިފި

ލަންކާގެ ޕާލަމެންޓުގެ ރައީސް އަދި ރައީސް ގޯތަބަޔާ ރާޖަޕަކްސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސްކަމުން ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވައި އިސްތިއުފާގެ ސިޓީ ސްރީލަންކާގެ ޕާލިމަންޓް ރައީސަށް ފޮނުވައިފި އެވެ.

އިގްތިސާދީ ހާލަތު ދަށްވެ، ލަންކާ ބަނގުރޫޓުވާން ޖެހުނީ ރާޖަޕަކްސާގެ އާއިލާއިންކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލު ކުރެ އެވެ. އަދި އޭނާ އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް ފާހަގަކޮށް ރައްޔިތުން އެކަމަށް ގޮވާލައި އިހުތިޖާޖުތައް ކުރަނިކޮށް، ފިލައިގެން ރާއްޖެ އައުމަށް ފަހު މިއަދުގެ ވަގުތެއްގައި ރާޖަޕަކްސާ ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ އެ ގައުމުގެ ޕާލިމަންޓް ރައީސަށް ފޮނުވި ނަމަވެސް، ރަސްމީކޮށް އެކަން އަދި ހާމައެއް ނުކުރެ އެވެ.

 

ރައީސް ގޯޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ރައީސް ސާލިހުގެ ސަރުކާރުގެ އެހީތެރި ކަމާއިއެކު ސިންގަޕޯއަށް ވަޑައިގަތުމަށް ފަހުގައެވެ.

ރައީސް ގޯޓަބަޔާ ސިންގަޕޯއަށް ވަޑައިގަތުމަށް އިސްތިއުފާގެ ސިޓީގެ ސިޓީ އީމެއިލް މެދުވެރިކޮށް ލަންކާގެ ޕާލަމެންޓުގެ ރައީސްއަށް ފޮނުވާފައި ވަނީ މިއަދު އިރުއޮއްސުނު ފަހުންނެވެ.

ރައީސް ގޯޓަބަޔާގެ އިސްތިއުފާގެ ސިޓީއާއި ގުޅޭ ގޮތުން ލަންކާގެ ޕާލަމެންޓުގެ ރައީސް މަހިންދަ ޔަޕަ އެބޭ ވަރުދަނަ ވިދާޅުވީ ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންނެވީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ވާތީ ގާނޫނީ ގޮތުން އިސްތިއުފާގެ ސައްހަކަން ކަޝަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ރައީސްގެ އިސްތިއުފާގެ ސިޓީއާއި ގުޅިގެން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހައި އިޖުރާޢަތުތަކެއް ފުރިހަމަ ކުރުމަށް ފަހު ދުވަހު ރައީސްގެ އިސްތިއުފާ ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ޕާލަމެންޓުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: