ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ނުރުހުނަސް، އަދާލަތުން ދީން ހިމާޔަތް ކުރޭ: އިމްރާން

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުالله
ޝެއާރކޮށްލާ ކަހަލަދޯ؟

ފާޑުކިއުންތަކަށް ރައްދު ދީ، އަދާލަތަކީ އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމުގައި ކުރިޔަށް ދާނެ ޕާޓީއެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީ އުފެއްދީ ރައްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްކަމަށް ވިދާޅުވެ، އިމްރާން ކުރެއްވި ޓްވީޓަކަށް ފާޑުކިއުން އަމާޒުވުމުން ރައްދު ދެއްވައި ވިދާޅުވީ ހަގީގަތަކީ ބަޔަކަށް ގަބޫލު ކުރެވުނަސް  އަދި ނުކުރެވުނު ނަމަވެސް ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި އަދާލަތަކީ އިސްލާމް ދީން ދެމެހެއްޓުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ޕާޓީ ކަމަށެވެ.

އިމްރާން ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އައިއިރު، އަދާލަތުގައި ތިއްބެވީ އޭރުން ފެށިގެން ދީން ހިމަޔާތް ކުރުމަށް މަސައްކަތް ކުރި އިލްމުވެރިން ކަމަށެވެ. އަދި އަދާލަތު ޕާޓީއަށް ވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ޕާޓީއެއް އަދި ޖަމާއަތެއް ވެސް ރާއްޖޭގައި ނެތްކަމަށް އިމްރާން ވިދާޅުވި އެވެ.

ކުއްލިގޮތަކަށް އިމްރާން މިފަދަ ޓްވީޓުތަކެއް ކުރެއްވި ސަބަބެއް ސާފު ނުވީ ނަމަވެސް، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލަތަކާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތައް އާއްމުވެ އެކަމަށް ސަރުކާރާއި ސަރުކާރު ކޯލިޝަންގެ ޕާޓީތައް ހަނު ތިއްބަވާ މައްސަލައިގައި ބައެއް ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި ދީން ހިމާޔަތް ކުރުމަށް އުފެއްދި އަދާލަތު ޕާޓީން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ބުނެ އަމާޒުވާ ފާޑުޑިއުންތައް ވަނީ އަމާޒުވެފަ އެވެ.

ބެލެވޭ ގޮތުގައި އިމްރާން ރައްދު ދެއްވީ މި ވާހަކަތަކަށެވެ. ނަމަވެސް އިމްރާނަކީ ސިޔާސީ ގޮތުން ދީން ހަތިޔާރަކަށް ހައްދަވާ ބޭފުޅެއްކަމަށް ބުނެ އެ ޓްވީޓަށް ވެސް ފާޑުކިއުން އަމާޒުވުމުން އިތުރު ޓްވީޓެއް ކުރެއްވީ އެވެ.

އެއްޖުންސުން ގުޅުން ހިންގުން ފަދަ ހަޑިމުޑުދާރު ކަންކަން މުޖްތަމައުގައި އާއްމުވެ، އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަ ބުނާ އަދާލަތު ޕާޓީއަކުން ހިމާޔަތް ކުރަނީ އިސްލާމް ދީން ނޫން އެހެން ހުރިހާ ދީނެއް .. އެހެންވެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނާ ލިވާތު ކުޅީގެ މީހުން ހިމާޔަތް ކޮށްދީފަ އެތިބެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: