ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ ސަބަބުން ހަލާކުވަނީ މުޅި ދުނިޔެ

ޓެރަރިޒަމްގެ ބިލް ތަސްދީގު ކުރައްވައިފި، ފުލުހުންނަށް ގާނޫނީ ބޮޑެރި ބާރުތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އާއްމު ގޮތެއްގައި ޓެރަރިޒަމް އޭ ބުނެވެނީ ހަމަނުޖެހުން އުފައްދައި ހިތްތަކުގައި ބިރުވެރިކަން އުފައްދައި ސުލްހަ މަސްލަހަތު ނަގައިލުމަށް ކުރެވޭ އެކި މަސައްކަތްތަކެވެ. އަދި އެކަމާއި ގުޅިގެން އުފެދޭ ހިޔާލުތަފާތު ވުން ތަކުގައި އުފެދޭ ހަމަނުޖެހުމެއްގެ ސަބަބުން ދެވޭ ހަމަލާ އާއި ބަދަލު ކުރެވޭ މުއާމަލާތްތަކެވެ.

ޓެރަރިޒަމް ވަރަށް ފުޅާ މާނައެއްގައި މާނަ ކުރެވިދާނެއެވެ.

ޓެރަރިޒަމްގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ސީދާ އަދި ނުސީދާ ގެއްލުން އަމާޒުވެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން ޓެރަރިޒަމް މާނަކޮށްފައިވަނީ އެ ބަޔަކާ އިދިކޮޅު ބަޔަކު ގޯސްކޮށް އެބައެއް ސިޔާސީ ގޮތުން ނާއި ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ ނިޔަތުގައެވެ.

މިޒަމާނުގައި ޓެރަރިޒަމް އަކީ ކުށެއްނެތް މައުސޫމް އެތައްބަޔަކު މެރުމަށް ބޭނުންކުރާ ހަތިޔާރަކަށް މިވަނީ ވެފައެވެ. އެހާ ނުރައްކާތެރި ވަބާ އަކަށް ޓެރަރިޒަމް ވެގެން ގޮސްފައިވަނީ ހުޅަނގުގެ ގައުމު ތަކުގައި އެކަމަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވާތީއެވެ.

ގިނަފަހަރު ޓެރަރިޒަމްގެ ހަރަކާތްތައް ގުޅިފައިވަނީ ސިޔާސީ ކަންކަމާއެވެ. ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލުކުރުމަށް ޓެރަރިޒަމްގެ އަމަލުތައް ހިނގާފައިވާ ކަމަށް ތާރީހުގައި ލިޔެވިފައިވެއެވެ.  ސިޔާސީ ގޮތުން މިނިވަން ކަން ހޯދުމަށް ބައެއް ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލު ހިންގާފައިވެއެވެ. ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވެއެވެ. ގިނަ ފަހަރު އެފައިސާ ނުވަތަ އެބަޔަކަށް ފަންޑު ކުރަނީ އަމިއްލަ ފަރާތްތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުންނެވެ. އެ ފަންޑު ކުރާ ބައެއްގެ ވަކި މަގުސަދެއް ހާސިލް ކުރުމަށް އެމީހުން އެކަމެއްގެ ފަހަތުގައި ތިބެ ދުނިޔޭގައި ނަން މަޝްހޫރު ބައެއް އެކަމުގައި ޝާމިލްކޮށް އެ ބަޔަކު ބޭނުންވާ ކަމެއް ހާސިލް ކުރެއެވެ.

ޓެރަރިޒަމް އަކީ ނައްތާލުމަށް ބޭނުން ވި ނަމަވެސް ކުރަން އުނދަގޫ ކަމެކެވެ. ސަބަބަކަށް ވަނީ އެކަމާއި ގުޅުން ހުރި އެންމެން ހޯދުމަކީ ދަތި ކަމަކަށް ވެފައި ޓެރަރިސްޓް ޖަމާއަތްތައް ގިނަ ފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުމާއި އަހަރަކު އެތައް ޓެރަރިސްޓުން ދުނިޔެއަށް އުފަންވާތީއެވެ. ދުނިޔޭގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި އެތަކެއް ބޮޑެތި ހަމަލާތަކުގައި ޓެރަރިސްޓުންގެ ބައިވެރިވުން އިންތިހާ ދަރަޖައަށް ހިމެނިފައިވެއެވެ.

ޓެރަރިޒަމްގެ ސަބަބުން ނުވަތަ ޓެރަރިސްޓް ހަމަލާތަކުގައި ދުނިޔެއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު މަރުވެ ނެތިގޮސްފައެވެ. އެގޮތުން 2019 ވަނަ އަހަރު މުޅި ދުނިޔެއިން 20 ހާހަށް ވުރެ ގިނަ މީހުން ވަނީ ތަފާތު އެކި ޓެރަރިސްޓް ހަމަލާ ތަކުގައި މަރުވެގެން ގޮސްފައެވެ.

މި ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ޓެރަރިޒަމްގެ ހަމަލާ އެއްގެ ގޮތުގައި ޔޫކްރޭން އާއި ރަޝިޔާގެ ހަނގުރާމަ ހިމެނެއެވެ.

ޓެރަރިޒަމްގެ ހަމަލާ އެންމެ ގިނައިން ހިނގާ ސަރަހައްދު ތަކުގެ ތެރޭގައިި ހިމެނެނީ  ޔޫރަޕާއި މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން ސައުތު އޭޝިޔާގެ ގައުމުތަކެވެ. އޭގެ ތެރޭގައި އަފްގާނިސްތާނާއި ނައިޖީރިއާ ފަދަ ގައުމުތަކަކީ ރިކޯޑް އަދަދަކަށް ހަމަލާތަކުގައި  މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވާ ގައުމުތަކެވެ.

ތާރީހުގައި ހިނގާފައިވާ ބޮޑެތި ހަނގުރާމަތައް ފެށުމާއި ނިމުން ގޮސް ގުޅިފައިވަނީ ޓެރަރިޒަމްއާއެވެ. އެގޮތުން އެމެރިކާގައި 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު  އެމެރިކާެގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލައި ދެވުނު ހަމަލާ އަކީ މުޅި ދުނިޔެ ސިއްސުވާލި ކާރިސާ އެކެވެ. އެ ހަމަލާގައި 3000 އެއްހާ މީހުން ވަނީ މަރުވެފައެވެ.

ސީރިޔާގައި ކުރެވޭ ހަނގުރާމަ އާއި އަފްގާނިސްތާނުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ފަލަސްތީނުގައި އިޒްރާއީލުން ހިންގާފައިވާ ގަތުލުއާންމު ތަކަކީ ވެސް ފިތުނަފަސާދަ އާއި ކޮރަޕްޝަނާއި ޓެރަރިޒަމްގެ ނަމުގައި ހިންގުނު ލާއިންސާނީ އަނިޔާއެވެ.

ދާދި ފަހުން ސްރީލަންކާގައި ހިނގާފައިވާ ހަމަނުޖެހުމާއި އެގައުމުގެ ސަރުކާރާއި ކުރީގެ ރައީސް މަގާމުން އިސްތިއުފާ ދިނުމަށް ގައުމުގެ ރައްޔިތުން ނިކުތީ ވެސް އެގައުމުގައި ޒަމާނުއްސުރެން ހިންގަމުން ގެންދިޔަ ވައްކަމާއި ކޮރަޕްޝަނާއި ޓެރަރިޒަމަށް މަގުފަހިވާ އެތަކެއް އަމަލު ތަކެއްގެ ސަބަބުންނެވެ.

މީގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގައި ޓެރަރިޒަމްގެ ސަބަބުން ދިމާވާ ހާދިސާ ތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމުގައި ރިޕޯޓް ކޮށްފައިވެއެވެ.

ޓެރަރިޒަމް އާއި ގުޅިގެން ހިންގޭ ތަހުގީގުތައް ފުޅާ ދާއިރާއެއްގައި ދުނިޔޭގައި ކުރެވެމުންދެއެވެ. އަދި އެކަމާއި ގުޅޭ ހެކި ހޯދުމަށް ތަންތަން ބަލައި ފާސްކުރުމާއި އެކަމާއި ގުޅުން ހުރި މީހުން ދަތުރުކުރާ ތަންތަން ހޯދުމާއި ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލީ މައުލޫމާތު ހޯދުމާއި އެކަން ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ތަފާތު  އެކި  މަސައްކަތްތައް ކުރެއެވެ.

އެގޮތުން ބައެއް މައްސަލަތައް ދިރާސާ ކުރުމުގައި މިލިއަނަކާއި ގާތްކުރާ މިންވަރަށް ބަލާފާސްކުރެވިފައިވެއެވެ. އޭގެ ތެރޭގައި އެކަމާއި ގުޅުންހުރި ދަތުރު ކުރުމަށް ބޭނުން ކުރި ލިޔެކިޔުމާއި ވަކި ވަކި މީހުން ބަލައި ފާސް ކުރުމާއި އެމީހުންގެ ޕާސްޕޯޓްގެ މައުލޫމާތު ބަލައި ކަށަވަރު ކުރުން ހިމެނެއެވެ.

ޓެރަރިޒަމް ނުވަތަ ޓެރަރިސްޓުން ނަކީ މުސްލިމުން ކަމުގައި ޔޫރަޕާއި ހުޅަނގުން ބުނަމުން ދިޔުމަކީ މިއަދު މުސްލިމުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ބައެއް ޤައުމުތަކުން އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމް ނައްތާލަން މަސައްކަތް ކުރަމުން ގެންދަނީ ޢަސްކަރީ ޙަރަކާތްތަކުގެ ބޭނުން ކޮށްގެންނެވެ. އެހެންނަމަވެސް އެ ޙަރަކާތްތަކުން އެކަނި މިފަދަ ބޮޑު ވަބާއެއް ނައްތައެއް ނުލެވޭނެއެވެ. ހަތިޔާރުން މުޅި ހަށިގަނޑު ފުރާލައިގެން ތިބުމުގެ އިތުރަށް ޓެރަރިސްޓުން ނުކުންނަނީ އެމީހުންގެ މަގަކީ ހެޔޮ މަގުކަމަށް ގަބޫލުކުރާ ކަންތައްތަކަކާ އެކުގައެވެ.

މައްސަލަ ހައްލު ކުރެވޭނީ މަޝްވަރާގެ އުސޫލުންނެވެ. ޓެރަރިޒަމް އުފެދުމަށް ދިމާވާ ސަބަބުތައް ހޯދައި އެކަންތައް ތައް ހައްލު ނުކޮށް ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި ހިންގާ ޖަރީމާތަކަކީ އެކަމުގެ ސަބަބުން ކުށެއްނެތް މައުސޫމް އެތަކެއް ބައެއްގެ ފުރާނައަށް ނުރައްކާތެރިވެފައިވާ ކަމެކެވެ. މިއަދު މި ދުނިޔޭގައި ހަނގުރާމަ އާއްމު ވެފައި މިވަނީ ޓެރަރިޒަމްގެ ސަބަބުންނެވެ.

ޓެރަރިޒަމް ހުޅަނގުން ތައާރަފް ކުރީ އިންސާނީ ޖީލެއް ނެތި ފަނާކޮށް ހަލާކުކޮށްލުމުގެ ނިޔަތުގައި ކަމާމެދު ބައެއް ފަހަރު ސުވާލު އުފެދެއެވެ. ހަރުކަށިކަމާއި އަނިޔާ އާއި ދެކޮޅަށް ތެދުވެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. މި ދުނިޔެ އަމާން ތަނަކަށް ހެދުމަށް މިއަދު ދުނިޔޭގައި ސުލްހަ ގާއިމް ކުރުމަކީ މުހިއްމު ކަމެކެވެ.

ޓެރަރިސްޓް ހަރަކާތަކީ އިންސާނިއްޔަތާއި ދެކޮޅު ހަރަކާތް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން އިންސާނުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހޭތީއެވެ. ވުމާއެކު މި އަނިޔާވެރި އަމަލުން ސަލާމަތްވެ މުޖުތަމައު ގައި ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައި އޮތް މުހިއްމު މަސައްކަތެކެވެ. އެމަސައްކަތް ނުކުރެވިއްޖެނަމަ ދުނިޔޭގެ އަމަން އަމާންކަން ގެއްލިގެން ހިނގައިދާނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: