ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ ފުރައްސާރައަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް: ޝިޔާމް

ދިޔަރެސް ނޫހުގެ ކޯ ފަހުންޑަރު އަހުމަދު އަޒާން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިއަކަށް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ ފުރައްސާރައަކީ ޑިމޮކްރަސީއަށްވެސް ދެވޭ ހަމަލާއެއް ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ”ދިޔަރެސް“ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ އަޒާން ފުލުހުންގެ މުއައްސަސާއަށް ހާޒިރު ކުރާ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި މަގާމުގެ ނާޖައިޒު ފައިދާ ނަގައިގެން ހިންގާފައިވާ އަމަލުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެމުން ގެންދާތީ ކަމަށެވެ.

އަޒާން ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، އޭނާއަކީ ސަރުކާރުގެ އެތެރޭގެ ހުރި އެކި މައްސަލަތަކާއި ގުޅޭގޮތުންނާއި ދައުލަތުގެ އެކި އިދާރާތަކުގައި ހިނގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކުގެ މައުލޫމާތު ގެނެސްދޭ ނޫސްވެރިއެކެވެ. އަދި އޭނާ ފާހަގަ ކުރެވިފައި ވަނީ ސަރުކާރާއި، އެމްޑީޕީގެ ގިނަ ބަޔަކު ނުރުހުންވާ އެއް ނޫސްވެރިޔާގެ ގޮތުގަ އެވެ.

މަސްދަރު ހާމަނުކޮށްފި ނަމަ ނޫސްވެރިން ޖަލަށް ލެވޭ ގޮތަށް ހެއްކާއި ބެހޭ ގާނޫނުގައި ހިމަނާފައިވާ މާއްދާއާއި އެކު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް އަޒާން ފުލުހަށް ހާޒިރުވުމަށް އެންގީ އައިޖީއެމްއެޗްގެ ޑާޓާ ބޭސް މެދުވެރިކޮށް ދައުލަތުގެ އިސްވެރިންގެ މެޑިކަލް މައުލޫމާތުތަކެއް ހޯދައި، ލީކު ކުރިކަމުގެ ތުހުމަތަށެވެ.

އައިޖީއެމްއެޗުގެ ޑޭޓާ ބޭސްއެއް އާއްމުކޮށް ފެންނަން ހުރުމުން، އެކަމުގެ މައުލޫމާތު ހެލްތް މިނިސްޓްރީ އާއި ކަމާއި ބެހޭ އިދާރާތްތަކަށް ރިޕޯޓު ކުރީ އޭނާކަމަށް އަޒާން ބުނެ އެވެ. އަދި އަޒާން ވަނީ އެކަން އައިޖީއެމްއެޗުގެ އައިޓީ ޑިޕާޓްމަންޓަށް ރިޕޯޓު ކުރާ ފޯނު ކޯލު ރިކޯޑިންއެއް ހިއްސާކޮށްފަ އެވެ. އެ ކޯލުން އެނގޭ ގޮތުން ޑިޕާޓްމެންޓުގެ އިސް މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ ހުރިހާ އެންމެންގެ މައުލޫމާތުތައް ފަސޭހަކަމާއި އެކު ބެލޭ ގޮތް ހުރިކަން އެނގުނީ އޭނާ އެކަން ރިޕޯޓު ކުރުމުންނެވެ. އަދި އެ ހަބަރު ”ދިޔަރެސް“ ގައި ގެނެސްދިނީ އޭގެ ފަހުންކަމަށް އަޒާން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާއި ގުޅިގެން ނޫން ކަމަށާއި ނަމަވެސް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޕޯޓަލް އިން އާއްމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކެއްގެ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކާއި ގުޅިގެން ސުވާލުކުރުމަށް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: