ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭގެ ހަމަނުޖެހުން: މުހައްމަދު އިސްމާއިލް ބަންދުގައި ބަހައްޓާ މައްސަލަ ހައިކޯޓަށް!

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޔޯގާ ޑޭ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލުން/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ދުވަސް ފާހަގަކުރުމަށް ދަނޑުގައި ބޭއްވި، ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދީ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހުރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މުހައްމަދު އިސްމާއިލްކަމަށް ތުހުމަތުކޮށް އޭނާ ބަންދުގައި ބަހައްޓާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމަށް ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވި އެވެ.

މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ފުލުހުން ވަނީ ދޫކޮށްލާފަ އެވެ. އަދި ޝަރުތުތަކަކާއި އެކު ބައެއް މީހުން ދޫކޮށްލާފައިވާއިރު އޭގެ ތެރޭގައި ޝެއިހް މުހައްމަދު ފަޟްލޫން ހިމެނެ އެވެ.

ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ކުރާ މުހަައްމަދު އިސްމާއީލްގެ ބަންދު އެކި ދުވަސް މަތީން އިތުރު ކުރަމުން ގޮސް އެންމެ ފަހުން ޖަހާފައި ވަނީ 30 ދުވަހެވެ. މުހައްމަދު އިސްމާއީލް ބަންދު ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، މައްސަލަ ބަލައިގަތުމާއި މެދު ރެޖިސްޓްރާ އަދި ގޮތެއް ނިންމަވާފައި ނުވެ އެވެ.

ފުލުހުންގެ ސަފުތަކެއް ފޫއަޅުވައި ގިނަ އަދަދެއްގެ ބަޔަކަށް ގަލޮޅު ދަނޑުގެ ތެރެއަށް ވަދެވުނު ގޮތާއި މެދު ބައެއް ސުވާލުތައް ވަނީ އުފެދިފަ އެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވީ ކަން ހިނގައިދިޔަ ގޮތް ބެލުމަށް އިންކުއަރީއެއް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: