ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރެއްގައި ރައީސް ނަޝީދު ސީޝެލްސްއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ހިނގާ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއިހަމައަށް އެމަނިކުފާނު ހުންނެވުމަށް ހަމަޖެހިފައިވަނީ ސީޝެލްސްގައެވެެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ރަސްމީ ބައްދަލުކުރެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާއިމެދު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

ސީޝެލްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާ، ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީވެސް ދާދި އެއް ކަންތައްތަކެއްކަމަށާއި އަދި ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއް ކަންތައްތަކެއްކަމަށް ވިދާޅުވެފައެވެ.

ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިކުރުމާއި އަދި ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކުރުމުގެ މުހިއްމުކަންވެސް ސިޓީގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: