ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާޑޭ ހަމަނުޖެހުން: ފުލުހުންގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގު ރިޕޯޓު ނިމިއްޖެ

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތުގައި ހަމަނުޖެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދަނޑުގައި ޔޯގާ ޑޭގެ ހަރަކާތްތައް ކުރިޔަށް ގެންދަނިކޮށް، ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލައި ތަނުުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި ވަގުތު ފުލުހުން އަމަލު ކުރި ގޮތުގެ އިންކުއަރީ ރިޕޯޓު ނިންމާލައިފި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ރާއްޖޭގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމީ، އެކަމާއި ދެކޮޅަށް ދީނީ އިލްމުވެރިންނާއި ބައެއް އާއްމުން ގޮވާލާފައިވަނިކޮށެވެ. ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވި އެވެ.

މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް 21 މީހަކު ހައްޔަރު ކުރި އެވެ. އަދި އެކި ފަހަރު މަތީން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު، މިހާތަނަށް ޝަރުތުތަކެއް ކުރުމަށް ފަހު 07 މީހަކު ވަނީ ދޫކޮށްލާފަ އެވެ.

ބަންދުން ދޫކޮށްލި މީހުންގެ ތެރެއިން ޝައިހް މުހައްމަދު ފަޒްލޫންގެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލި މައްސަލަ ހައިކޯޓުގައި ނިމިފައި ވަނީ އޭނާއާއި އެއްކޮޅަށެވެ.

އެ ދުވަހުގެ ހަމަނުޖެހުންތައް ހިނގުމުގެ ކުރިން ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް އެ ސަރަހައްދުގައި ބައެއް އާއްމުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ދަނޑުގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށް، ކުއްލި ގޮތަކަށް ފުލުހުންގެ ސަފުތައް ފޫ އަޅުވާލި ގޮތާއި މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުން، އެދުވަހު އެ މީހުންނަށް ދަނޑުގެ ތެރެއަށް ވަދެވުނީ ފުލުހުން އެ ފުރުސަތު ދިނުމުންނެވެ. އަދި އޭގެ ސަބަބުން ދަނޑުގެ ތެރެއަށް ވަތް މީހުން ހަމަނުޖެހުން އުފައްދައި، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިނެވެ.

މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތާއި، ސެކިއުރިޓީ ފެއިލިއާއެއް އޮތްކަމަށް އެއްބަސްވެ އެ މައްސަލަ ބެލުމަށް ނިންމާފައިވާކަން ހާމަ ކުރީ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އަދި ފުލުހުންގެ ސެކިއުރިޓީން އަމަލު ކުރި ގޮތާއި މެދު ކަންބޮޑުވުންފާޅުކޮށް ހަމީދު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބަލަން ހިންގާ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މައްސަލަ މިހާރު ބަލާ ނިމިފައިވާކަމަށެވެ. އަދި އިންކުއަރީ ރިޕޯޓު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އިތުރު މައުލޫމާތެއް އޮފިޝަލް ނުދެއްވަ އެވެ.

އިންކުއަރީ ރިޕޯޓުގެ އިތުރުން މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަބް ކޮމިޓީއެއް އުފައްދަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: