ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ ’ގޮނޑިކޮއްކޮއެއް’، ޣައްދާރުވުމަށް ވުރެ ބޮޑު ކުށެއް ކުރެވޭނެތަ؟: ޑރ ޖަމީލު

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޑރ. ޖަމީލް ވާހަކަ ދައްކަވަނީ_ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވަނީ، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލައި، ޣައްދާރުވެފައިކަަމަށް ސިފަކުރައްވާ އެ މަނިކުފާނަކީ ބޭރު ގައުމެއްގެ ”ގޮނޑިކޮއްކޮއެއް“ ކަމަށް، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެގެ ދާހިލީ ކަންކަމަށް އިންޑިއާއިން ނުފޫޒު ފޯރުވާކަމަށް، އިދިކޮޅުގެ އެކި ފަރާތްތަކުން ތަކުރާރު ކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ސާލިހު ދިވެހި ރައްޔިތުންގެ މަސްލަހަތައްވުރެ، އިސްކަންދެއްވަނީ، އިންޑިއާއަށްކަމަށް ސިފަކުރައްވާ ޖަމީލު ވިދާޅުވީ، އެމަނިކުފާނު ކުރައްވާނެ ކަމެއް ކުރައްވަން، ދިވެހިންނަށް ލޯމަރައިގެން ތިބެވެން ނެތްކަމަށެވެ. އަދި ދިވެހިންނަށް އަމިއްލަ ގައުމުގެއް އެއްވެސް ނިންމުމެއް، މިނިވަންކަމާއި އެކު، ނިންމެން ނެތްކަމަށްވެސް ޖަމީލު އިޝާރާތްކުރެއްވިއެވެ.

ރައީސު ސާލިހު، ވަނީ ބޭރުގައުމެއްގެ ނުފޫޒުގެ ދަށުން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުވާލާފައިކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުން، ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި، ގައުމަކަށް ލިބޭނެ އެންމެ ބޮޑު، ގެއްލުންތައް ފެނިގެންދާކަމަށެވެ. އަދި ވަކި ގައުމެއް ރުއްސުމަށް އެ މަނިކުފާނުވަނީ ރާއްޖޭގެ ސިޔާދަތުވެސް ގުރުބާންކޮށްފައިކަމަށާއި، ވަކި ގައުމުގެއް ފަރާތްތަކުގެ މައްޗަށް ގާނޫނުވެސް ނުހިންގާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ގައުމަކަށް ލިބިގެންދާނެ އެންމެ ބޮޑު ގެއްލުން، ރައީސް ސާލިހުގެ ވެރިކަމުގެ ދަށުން ލިބިފައިވާކަމަށް ފާހަގަކުރައްވާ، ޖަމީލު ވިދާޅުވީ، ވަކި ގައުމަކަށް ނިސްބަތްވާ ފަރާތެއްނަމަ، ދިވެހި ފަސްގަނޑުގައި ކިތަންމެ ގިނަ ކުށްތަކެއްކުރި ނަމަވެސް، ގާނޫނީ ގޮތުން އެކަމަށް އެޅެންޖެހޭ ފިޔަވަޅުތަކެއް ނޭޅޭކަމަށެވެ. އެދީ އޭގެ އިތުރުން ރައީސް ސާލިހު، އެގައުމުގެއް އެންގުމުގެ މައްޗަށް، ދިވެހި ރައްޔިތުންނަށް އަނިޔާތަކެއް ދެމުންދާކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

 

އިންޑިއާގެ ނުފޫޒުގެ ދަށުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ދިވެހި ރައްޔިތުންނަށް އަނިޔާތަކެއް ދެމުންދާކަމަށް ސިފަކުރައްވާ ޖަމީލު ވިދާޅުވީ، ދިވެހި ރައްޔިތުން މިހާރު އަމިއްލަ ގައުމުގައި ބިކަވެފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާކަމެއްވެސް މިވަގުތު ނިންމަމުންދަނީ، ބޭރު ގައުމެއްގެ ފަރާތްތަކެއް ކަމަށާއި، އަމިއްލަވަންތަކަމާއިއެކު، ދިވެހިންނަށް ކުރަން އިންގޭ ކަމެއް ނޯންނަ ހިސާބަށް ގޮސްފިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހިރައްޔިތުންނަށް، އަމިއްލަ ގައުމުގެ ކަންކަން ނިންމަން ނޭނގޭކަމަށް ހަދާފައިވާކަމަށް ފާހަގަކުރައްވާ، ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ސާލިހުވަނީ ދިވެހިރާއްޖޭގެ ގާނޫނުތައް ބަދަލުކޮށް، ދިވެހިންނަށް، ބޭރު ގައުމުތަކުގެ ސިޔާސަތުތަކަށް ބޯލެނބުމަށް މަޖުބޫރުކުރުވަމުންދާކަމަށެވެ. އަދި ދިވެހިރާއްޖެއިން އިސްތިއުމާރީންގެ ހުރިހާ ސިފަތަކެއް ފެންނަމުންދާކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެވަނީ، ބޭރުގައުމެއްގެ އަޅުވެތިކަމުގެ ދަށުގައިކަމަށް ޖަމީލު ސިފަކުރެއްވިއިރު، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ދިވެހިރާއްޖޭގެ މިނިވަންދުހުގެ މުނާސަބަތު ފާހަގަނުކުރުމަށް ނިންމާފައިވާކާމާއި މެދު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ވަނީ އެފަދަ މޭރުމަކުން ރައީސް ސާލިހުގެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައިއެވެ. އެގޮތުން އާދަމް ޝަރީފް ވިދާޅުވީ، ގައުމު ވިއްކާލާފައިވާ ބަޔަކު، ގައުމިއްޔަތު ދިރުވާކަށް މަސައްކަތެއް ނުކުރާނެކަމަށެވެ. އަދި ދައްކާނީ ހުސް ބަހަނާތަކެއްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: