ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު، ރައީސް ސޯލިހްއަށް ބްލެކްމެއިލް ކުރުމާއި ދިމާލަށް!، ސޯލިހު ޒިނޭ ކުރާ 4 ފޮޓޯ އެބައޮތް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް މުހައްމަދު ނަޝީދު ގިނަ މެސެޖުތަކެއް ފޮނުއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ސްކްރީންޝޮޓު ސައްހަކަން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން “ސަންގު” އަށް ކަށަވަރުކޮށްދެއްވަ އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް ޖަހާފައިވަނިކޮށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަކަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒަށް ވެސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެއަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހް އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅު ވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ އަންހެން ކުއްޖާ އަކީ، އާއިލީ ގާތް ކުއްޖެއްކަމަށާއި އެކުއްޖާއާއި މެދު ހަމްދަރުދީވާކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޔޫކޭއަށް ވަޑައިގަތް ވަގުތު ކަމަށެވެ.

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝިދު ވަނީ އެކަމަށް ނުރުހުންފާޅުކޮށްފަ އެވެ. އަދި ވިދާޅުވީ، ނާޒިމް ހައްޔަރު ކުރީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: