ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ރައީސް ސޯލިހަށް ކުރި ޒިނޭގެ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފި އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައީސް ނަޝީދު ގެންދަވަނީ އެކަމަށް ނުރުހުން ފާޅު ކުރައްވަމުންނެވެ. އަދި ސަރުކާރުން ނާޒިމް ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް، ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ބޭނުންފުޅުވީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށެވެ. އެއަށް ފަހު ނާޒިމްގެ ބަންދު ޖެހުމުން އަނެއްކާވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަފާތު ކުރުންތައް ގެންގުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގުރޫޕަށް މިރޭ ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު މިރޭ ވިދާޅުވީ ރައީސް ސޯލިހު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ސުވާލުކޮށް ރައީސް ނަޝީދު ވިދާޅުވީ، އަންހެން ކުއްޖާއަކީ އާއިލީ ގާތް ކުއްޖެއްކަމަށާއި، އެ ކުއްޖާއަށް ހަމްދަރުދީވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތެރޭގައި އެތައް ބަޔަކު ހިމެނޭއިރު، ހަމައެކަނި އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ތުހުމމަތު ކުރެއްވީ އަލަމްގިރިއާއި އެކު ގުޅުން ހިންގި އެހެން މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

“ކަނޑައެޅިގެން ދޮގުކަމާއި، އެކަހަލަ އެއްވެސް ކަމެއް ނުކުރާކަމުގެ ޔަގީންކަން ރައީސް ދެއްވާ” މަބްރޫކް

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީސް ހޫނުވީ ރައީސް ނަޝީދު ފޮނުވި މެސެޖުތަކުގެ ސަބަބުންނެވެ. ރައީސަށް ތުހުމަތުތަކެއް ކުރުމުން، އެކަމާއި ދެކޮޅަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ހެކި ނުވަތަ ފޮޓޯތަކެއް ހުރި ނަމަ އެކަން ފުލުހަށް ހުށަހަޅަން ވީކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝީދު ހުންނެވީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ގުރޫޕަށް ރައީސް ސޯލިހުގެ ފޮޓޯތައް ފޮނުވަން ވީތޯ ތަކުރާރު ކުރަން ފެށުމުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވެސް ވަނީ ފޮޓޯ ހުރިއްޔާ އެ ފޮޓޯއެއް ފޮނުވުމަށް ގޮވާލާފަ އެވެ. ރޮޒެއިނާ ވަނީ އެމްޑީޕީ ހަލާކުވަނީ ރައީސް ނަޝިދާއި ހެދިކަމަށް ވެސް މިރޭ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: