ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ ވެސް ނުރުހުން ވެފައި: “އިބޫ، ރާ ބޯތަނާއި ޒިނޭކުރާ ތަން ވީޑިއޯއެއް އެރީމަ ތަ ހައްޔަރު ކުރަނީ..؟”

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާބުއިމާއި ޒިނޭ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނުކުރައްވާ ކަމެއްތޯ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ސުވާލު ކުރައްވައިފި އެވެ.

25 އަހަރުގެ ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގައި، ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކޮށް ބަންދުގެ މުއްދަތު މިއަދު ވަނީ ޖަހާފަ އެވެ. މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ހައްޔަރު ކުރީ ނާޒިމް އާއި ވީޑިއޯ އާއްމުވި މަޖިލީހުގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި ފުލުސް އޮފިސަރެކެވެ.

ނާޒިމް ހައްޔަރު ކުރި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ވަނީ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެކަނި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރި ސަބަބު ރައީސްގެ އަރިހުން ސާފު ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި އެ ފޮޓޯތައް ފުލުހަށް ފޮނުވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ރައްދު ދެއްވި އެވެ. އަދި ކޮއްކޮ ހައްޔަރު ކުރުމުން އެކަމާއި ގަޒުބާތުގައި ޖެހި، ކޮންޓްރޯލުން ނެއްޓިފައިވާކަމަށް ވިދާޅުވި އެވެ.

ނާޒިމްގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެމްބަރުން ޓުވީޓު ކުރަމުން ދާއިރު، އީވާ ވެސް ވަނީ އެމްޑީޕީގެ ގުރޫޕެއްގައި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އީވާ ވިދާޅުވީ މީހުން ހަމައެކަނި ހައްޔަރު ކުރަނީ ޒިނޭކޮށް، ރާބޯ މަންޒަރު ވީޑިއޯތަކަށް އަރައި އެ ލީކުވުމުންތޯ ހިތަށް އަރާ ކަމަށެވެ.

” އިބޫސޯލިހު، ރާބޯތަނާއި ޒިނޭކުރާ ތަނާއި ވީޑިއޯއެއް އެރީމާތަ ހައްޔަރު ކުރަނީ؟ ކަލޭމެން ނުކުރާ ކަންކަން؟” އީވާ

އީވާގެ ވާހަކަތަކާއި އެކު ހަމަޖެހިގެން ހުރުމަށް އޭނާއަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އިލްތިމާސް ކުރި އެވެ. ޖަވާބުގައި އީވާ ވިދާޅުވީ އޭނާ ހުންނެވި ހަމަޖެހިވަޑައިގެން ކަމަށެވެ.
ވަރަށް ގަދަ
15%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 24%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. އީވާ ދޯ އަނގަޔަކީ އިންސާނާގެ ކުރިމަގެވެ އަދި އޭނާގެ ހަލާކެވެ
    ވިސްނަވާށެވެ ކަރުން ނާރު ނަގާފަ އިންސާފޭ އަދުލޭ ކިޔާގެން ދެއްކެވި ވާހަކަ ވަރައްވެސް ފުރިހަމައެވެ،

  2. މިބައި މީހުންނަކީ ބޭރުފުށާއި އެތެރެފުއްވެސް މިއިވޭހާ ހުތުރުބައެއް މޮޔާންތަކެއްވީމަވާނީ މިހެންދޯ

  3. ތި ހުރިހާ އެންމެންނަކީ ޒިނޭކޮށް ރާބޯ މީހުން. އަދި ތީގެ ތެރެއިން ގިނަ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން. އެހެން މީހުންނާ ދިމާލަށް “ގުދޯގުދޯ” ގޮވުން ހުއްޓާލަން ވެއްޖެ. ތިހެން އުޅެނިކޮށް އަމިއްލައަށް ބޭޒާރު ވެދާނެ.

    1. ބޭޒާރުވެފަ ތިބީ. މިހާރު އެ އުޅެނީ އެކަނި ބޭޒާރުވެދާނެތީ އެހެން މީހުންވެސް ބައިވެރި ކުރުވަން. “އަޅުގަނޑު އެކަންޏެއް ނޫން، އޭނަވެސް ކުރި، ކޯބާ އޭނައަށް ވާ އަދަބު؟” ގުރޫޕުގަނޑަށް ވެފަ އެތިބީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: