އިދިކޮޅުގެ ލީޑަރ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެ ބިރުވެރި މޫނު ރީއްޗެއް ނުކުރެވޭނެކަމަށް، އެމްޑީޕީގެ މެންބަރު ރޯޑު ޑީވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއަށް ދެއްވުމާއި ގުޅިގެން މޫސާ އަލީ މަނިކު ކުރެއްވި ޓްވީޓުގައި ވަނީ ޓިކެޓެއް ދިނަސް އަދި އެއީ މުޖުރިމެއް ނޫން ކަމަށް ނުހެދޭނެކަމަށެވެ.
އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ ރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޓިކެޓު ގަބޫލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.
ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ދިނުމަށް ނިންމުމުން ގިނަ އަދަދެއްގެ އާއްމުން އަދި ސިޔާސީ ބޭފުޅުންވެސް ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.
ނަމަވެސް މޫސާ އަލީ މަނިކު ވަނީ ރައީސް ޔާމީން އަށާއި އެމަނިކުފާނުގެ ވެރިކަމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަގުމަތީ މީހުން މެރުމާއި، ވައްކަން ކުރުމާއި ނުހައްގުން އެތައް ބަޔަކު ޖަލަށްލުން އާންމުވެފައި އޮތްކަމަށް ފާހަގަކޮށް އެފަދަ ވެރިކަމެއް ރީތި ކުރާނީ ކިހިނަކުންތޯ މޫސާ އަލީ މަނިކު ވަނީ ސުވާލުކުރައްވާފައެވެ.
ޓިކެޓެއް ދިނަސް އަދި އެއީ މުޖުރިމެއް ނޫން ކަމަށް ނުހެދޭނެ. މަގުމަތިން މީހުން މެރުމާއި، ވައްކަން ކުރުމާއި ނުޙައްޤުން އެތައް ބަޔަކު ޖަލަށްލުން އާންމު ވެފަ އޮތް ވެރިކަމެއް ރީތި ކުރާނީ ކިހިނެއް? އެ ބިރުވެރި ޔާމީނުގެ މޫނު ރީއްޗެއް ނުކުރެވޭނެ.
— Moosa Ali Manik 🇲🇻 (@VMookey) August 1, 2022
ޓުވީޓުގައި އިތުރަށް ވަނީ ރައީސް ޔާމީން އަސް ފާޑު ވިދާޅުވެ ”އެ ބިރުވެރި ޔާމީންގެ މޫނު ރީއްޗެއް ނުކުރެވޭނެ“ ކަމަށް ވިދާޅުވެފައެވެ.


2 Responses
މި ދެންކާކު ރޔ އޭ ކިޔާފަ އަގަ ހުޅުވަން. ތިތަނަށް ވަދެ ތި އޮތީ ފެންވަރެއް ހުރެގެންބާ؟ ހަރުގޭގަ ގޮޑިޖަހަން އުޅެފަ ތިތަނަށް ވަދެގެން ތި އުޅެނީ. ވަގުންނާ ލިވާތީންނާ ގާތިލުން ރަގަޅަށް އެބަ އެގޭނުން ރައްޔިތުންނަށް މިހާރު.
މާލޭގެ މަގުތަކޯ، އޮށްވަޅުގޮނޑިކަން ކެނޑުވިދާނެބާ؟