ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިޔުންތަކައް އަދުރޭގެ ރައްދު: ކިތައްމެ ބިރުގަތަސް ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓު!

ފޮޓޯ: ވަން އޮންލައިން- -ރައީސް ޔާމީން ދެރައެއްވެސް ނުވޭ، ހުރީ ހަމަ ސާބިތުކަން މަތީ: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކިތައްމެ ބިރުގަނި ނަމަވެސް ކުރީގެ ރައީސް، އިދިކޮޅުގެ ލީޑަރ އަބްދުﷲ ޠާމީން އަބުދުލްގައްޔޫމްއަކީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް  ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ އިންތިހާބަށް ރައީސް ޔާމީންއަށް އިދިކޮޅުގެ ރިޔާސީ ޓީކެޓު ދިނުމަށް ނިންމީ ރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީންއަށް ޓިކެޓު ދެއްވުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވާ އަބްދުލްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓުގައި ވަނީ ޕީޕީއެމްގެ ރިޠާސީ ޓިކެޓު ދޭނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެންވަނީ ޕީޕީއެމްއަށްކަމަށެވެ. އަދި އެކަން ކުރެވިގެން ދިޔައީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށްކަމަށް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.

އަމާޒުވި ފާޑުކިޔުންތައް އަބްދުލްރަހީމް އަބްދުﷲ ސިފަ ކޮށްފައިވަނީ އެއީ ރައީސް ޔާމީންއަށް ބިރުންކަމަށެވެ. އަދި އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ކިތައްމެ ބިރުގަނި ނަމަވެސް ރައީސް ޔާމީން އަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެޑިޑޭޓުކަމަށެވެ. އަދި އެމަނިކުފާނު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.

ރިޔާސީ ޓިކެޓު ގަބޫލު ކުރައްވައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުމާއި އެކު އޭރު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމިއެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް ޔާމީން ހާމައެއް ނުކުރައްވައެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގެ ދަށުން ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ނިކުންނަވާނެ ބޭއްފުޅެއް ކަނޑައެޅުމުގެ ބާރު ސެނެޓަށް ލިބިގެން ވެއެވެ.

ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ދިނުމަށް ނިންމުމުން ގިނަ އަދަދެއްގެ އާއްމުން ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: