ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ރައީސް ސޯލިހަށް ކުރި ޒިނޭގެ ތުހުމަތުގެ މައްސަލަ ކަމާއި ބެހޭ މުވައްސަސާތަކަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކައިވެނިން ބޭރުން އެހެން އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމަށް ރައީސް މުހައްމަދު ނަޝީދު ބުނާ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ކަމާއި ބެހޭ އިދާރާތްތަކަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ފުލުހުންނާއި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީސް އަދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމް އަދާ ކުރެއްވި އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. ކޮންމެ މުވައްސަަސާއެއްގެ ވެރިއަކަށް ވަކިން އެޑްރެސް ކުރައްވާފައިވާ މި ސިޓީ “ސަންގު” އަށް ވެސް ވަނީ ލިބިފަ އެވެ.

މާޒް ސަލީމް ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވަނީ، މީހެއްގެ މިފަދަ ފޮޓޯތަކެއް އަތުގައި ހުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި މިއީ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރާ ތުހުމަތުތަކަކަށް ވުމާއި އެކު ސީރިއަސް ސިފައެއްގައި ތަހުގީގު ކުރަން ޖެހޭކަމަށް ވެއެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވޭނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހުންނަން ޖެހޭ ސިފަަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އުނިވާނެކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު އެފަދަ ފޮޓޯތަކެއް ގެންގުޅުއްވާތޯ، ނުވަތަ ގުޅުން ހިންގައި ޒިނޭ ކުރާ ވާހަކައަކީ ހަގީގަތެއް ނަމަ ފިޔަވަޅު އަޅަން ޖެހޭކަމަށް ވެސް މާޒް ސަލީމްގެ ސިޓީގައި ވެއެވެ. މިއީ ހައްދު ކަނޑައެޅިފައިވާ ގާނޫނީ ކުށެއްކަން ފާހަގަކޮށް، މާޒް ސަލީމް މުވައްސަސާތަކަށް ފޮނުވި ސިޓީގައި ބުނީ ދޮގު ތުހުމަތެއްގައި ވިޔަސް ރައިސުލްޖުމްހޫރިއްޔާއަށް ބްލެކްމެއިލް ކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ތަހުގީގު ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއި އެކު ޖިންސީ ގުޅުން ހިންގައި، ޒިނޭ ކުރާ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު މެސެޖުތަކެއް ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށެވެ. ނާޒިމް ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރުމުގެ މަސައްކަތް ފެށިކަން ރައީސް ނަޝީދަށް އެނގިވަޑައިގެންނެވި ހިސާބުން އެމްޑީޕީގެ އެކި ގުރޫޕުތަކުގައި އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރައީސް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

މީގެއިތުރުން 2020 ވަނަ އަހަރުގެ ކޮވިޑުގެ ތެރޭގައި، މީޑިއާތަކުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނު ސަފާރީ ރޭޕް ކޭސްގައި ތުހުމަތުތަކެއް ކުރެވުނު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިމީހާ ޝާންގެ މައްސަލަ ފުލުހުން އޮއްބާލީ ސީދާ ރައީސް އަންގަވައިގެންކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ވަނީ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އީވާ ވިދާޅުވީ ރައީސް ހައްޔަރު ކުރާނީ ޒިނޭކޮށް، ބަނގުރާ ބޯ ފޮޓޯތަކެއް ނުވަތަ ވީޑިއޯއެއް ލީކުވުމުން ތޯ ސުވާލު ކުރަން ބޭނުންވާ ކަމަށެވެ. ނާޒިމްގެ ދިފާއުގައި އީވާ އާއި، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ގުރޫޕުގެ ތެރޭގައި ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

މި މައްސަލައިގައި މެމްބަރުންގެ މެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް މީޑިއާތަކުގައި ލީކުވެފައިވުމުން ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް ނަޝީދު ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތެރޭގައި އެތައް ބަޔަކު ހިމެނޭއިރު، ހަމައެކަނި އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވީ އަލަމްގިރިއާއި އެކު ގުޅުން ހިންގި އެހެން މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: