ކުރިއަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނަސް ޕްލޭން ހިލޭ ތައްޔާރުކޮށްދެވިދާނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ކުންފުނިން ކޮށްފައިވާ އިއުލާޏުގައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ބިޒްނަސް ޕްލޭން ތައްޔާރުކޯށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ތައްޔާޜުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
ވެމްކޯއިން ބިޒްނަސް ޕްލޭންއެއް ތައްޔާރުކުރުމުގެ މަޤްސަދަކީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މަނޭޖު ކުރުމުގެ ޚިދުމަތް އެއްމެ ފުރިހަމަ ގޮތުގައި ދިނުމެވެ.

