ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދީފީ

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދީފިއެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް އެންމެ ފަހުން ބޯނަސް ދިނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް، އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އޭގެ ފަހުން، މުވައްޒަފުންނަށް ބޯނަސް ދީފައެއް ނުވެއެވެ.

އެޗްޑީސީގެ އިންޓާނަލް މެމޯގައި ބުނެފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ބޯނަސް ފައިސާ ޖަމާކޮށްދީފައިވާކަމަށެވެ. އަދި ބޯނަހުގެ ގޮތުގައި މުވައްޒަފުންގެ އެލަވަންސްތައް ނުހިމަނާ ދެ މަސް ދުވަހުގެ ޖުމްލަ މުސާރައާ އެއްވަރުގެ އަދަދެއް ދީފައި ވާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ބޯނަސް ފައިސާ ލިބިފައި ވަނީ މިދިޔަ އަހަރު މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން ޕްރޮބޭޝަން ނިންމާފައި ތިބި ހުރިހާ މުވައްޒަފުންނަށާއި ރިޓަޔާކުރި މުވައްޒަފުންނަށާއި މުސާރަ ލިބޭ ގޮތަށް ޗުއްޓީ ނަގާފައި ތިބި މުވައްޒަފުންގެ ތެރެއިން މަދުވެގެން ތިން މަސް ދުވަހު މަސައްކަތްކޮށްފައި ތިބި ހުރިހާ މުވައްޒަފުންނަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: