ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށު މައްސަލައިގެ ހެކިވެރިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވާކަމަށް ބުނެ ޕީޖީއަށް ސިޓީއެއް!

ރައީސް ޔާމީން މިނިވަންވެ ގެއަށް ވަޑައިގެންނެވުމާއި ހަމައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޯށްދީފައެއްނުވޭ / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސްދޭ ފަރާތްތަކަށް އެ މަނިކުފާނު ބިރުދައްކަމުންދާކަމަށް ބުނެ، މޯލްޑިވްސް ލީގަލް ބިއުރޯގެ ނަމުގައިވާ ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމަށާއި ފުލުހުންގެ މުއައްސަސާއަށް ސިޓީއެއް ހުށައަޅައިފިއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހެކިވެރިވާ ފަރާތްތަކަށް އެ މަނިކުފާނު ބިރުދައްކަމުންދާކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށާއި ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން، ވ އާރަށު މައްސަލައިގައި ހެކި ވެރިވާ ފަރާތްތަކަށާއި ހެއްކަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން ގެންދަވަނީ، އެކި ގޮތް ގޮތަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންގިރޭސި ވިލާތުގައި ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މީހުންގެ އެސައިލަމް ކެންސަލް ކުރުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

އިންގިރޭސި ވިލާތުގައި ހުރެ އާރަށުގެ މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސްދޭ ފަރާތަކަށް އެ މަނިކުފާނު ”ފިތުނަ“ ތަކެއް ކުރިމަތި ކުރާކަމަށް ފާހަގަކޮށް، ޕީޖީއަށާއި ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާގޮތުން، އެ މަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ އާރަށުގެ މައްސަލައިގައި ހެކި ވެރިވާ ފަރާތްތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ހުދު އެ މަނިކުފާނުވަނީ ބިރުދައްކާފައިވާކަމަށެވެ.

އާރަށުގެ މައްސަލައިގައި ހެކި ވެރިވާ ފަރާތްތަކަށް، ރައީސް ޔާމީންގެ ފަރާތުން ނުފޫޒުތަކެއް ފޯރަމުންދާކަމަށް ފާހަގަކޮށް، ޕީޖީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާގޮތުން، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުން، ހެކި ވެރިވާ ފަރާތަކަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމަކީ، ދައުވާ ލިބޭ ފަރާތް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެކެވެ. އެެހެން ކަމުން ރައީސް ޔާމީނާއި މެދު އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އެ ސިޓިގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: