ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަސްރަހުގައި އަދާލަތަށް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި: އިމްރާން

އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި އިމްރާން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނުގައި އަދާލަތު ޕާޓީއަށް އެންމެ ފައިދާ ހުރީ، ބަރުލަމާނީ ނިޒާމެއްގައި ނަމަވެސް ޕާޓީން އިސް ކުރާނީ ގައުމުކަމަށް އެ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ އިމްރާން ވަނީ އެކަމަށް މީގެ ކުރިން ވެސް ފާޑުވިދާޅުވެފަ އެވެ. މިއީ އަމިއްލަ މަންފާއަށް ބަޔަކު ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކޮށް، މީގެ ކުރިން ވެސް ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތު އެފަދަ ހަމަނުޖެހުމަކަށް ތަން ނުދޭ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނެސްގެން އެކަމުން ރައްޔިތުން ހާލުގައި ޖެހުން ފިޔަވައި ލިބޭނެ އިތުރު އެއްވެސް މޮޅެއް ނެތްކަމަށް ވިދާޅުވި އެވެ.

ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދުގެ ފަރާތުން ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ގޮތެއް ނިންމުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕާއި އެހެން މެމްބަރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

އެމްޑީޕީގެ ހަރުގޭގައި ބަރުލަމާނީ ނިޒާމާއި ބެހޭ ގޮތުން ބޭއްވި ބައްދަލުވުން ނިމުނުތާ މާ ގިނަ އިރުތަކެއް ނުވެ ޓުވީޓެއް ކުރައްވައި އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތަށް އެންމެ ފުރުސަތުތައް ފަހިވަނީ ބަރުލަމާނީ ނިޒާމެއްގައިކަމަށެވެ. ނަމަވެސް ޕާޓީގެ މަސްލަހަތު އިސްކޮށް، ސިޔާސީ ގޮތުން ޕާޓީގެ މަސްލަހަތު ކުރިއެރުވުމަކީ އެއީ މެމްބަރުން ރުހޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު އެންމެ ބޮޑަށް ބޭނުންވަނީ، މިހާރުގެ ގާނޫނު އަސާސީ ރަނގަޅަށް ރަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތް ނުދެވޭކަމަށް ވިދާޅުވެ އެވެ. އަދި ބަރުލަމާނީއެއްގައި އެމަނިކުފާނު ހުންނަވާނީ ބޮޑުވަޒީރަކަށްކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ހުށަހެޅުން ފާސް ނުވެއްޖެ ނަމަ، ސަރުކާރާއި ދެކޮޅުވާން ވެސް މިރޭގެ ބައްދަލުވުމުގައި ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: