ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ހިންގަނީ ސްޓިކާއިން: ޔާމީން

އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ހިންގަނީ ސައިކަލުތަކުގައި ސްޓިކާ ޖަހައި ރައްޔިތުން ޖޫރިމަނާކޮށްގެންކަމަށް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓޫ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އާއި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށްޓަކައި ޕީޕީއެމްއިން ކުރިޔަށް ގެންދާ ޖަލްސާގައި ރައީސް ޔާމީން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވިއެވެ. ދިވެހިރާއްޖޭގެ އާބާދީގެ ދެބައި ކޮށްފައި އެއްް ބަޔަކީ ޒުވާނުންކަމަށާއި ގިނަ ފަރާތްތަކުން ބުނަނީ ރާއްޖޭގެ މުސްތަގުބަލު އޮތީ ޒުވާނުންގެ އަތްމަތީގައިކަމަށް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެ ވިސްނުން ބަދަލުކުރަންޖެހޭކަމަށެވެ. އަދި މިހާރުވެސް އޮތީ ޒުވާނުންގެ އަތްމަތީގައިކަމަށް ވިދާޅުވިއެެވެ.

“ އެހެންކަމުން ޒުވާނުންނާއމެދު އަޅާނުލެވޭކަމުގައި ވަނީނަމަ، ޒުވާނުންގެ ބޭނުންތައް ފުއްދާނުދެވޭނަމަ އެހިސާބުން އެލިބުނީ، ސަރުކާރެއްގެ ވައުދުފުއްދުން ސަރުކާރައް ރައްޔިތުން ބޭނުންވާ ގޮތަށްތޯ ނުވަތަ ނޫންތޯ ބަލާލުމުގެ ވިޓްނަސް އެލިބުނީ“

ރައީސް ޔާމީންގެ ސަރުކާރުގައި ޒުވާނުންނަށް އިސްކަންދީގެން ޒުވާނުން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ރައީސް ޔާމީން ފާހހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުގައި 104،000 ވަޒީފާ ޒުވާނުންނަށް ހާއްސަކޮށް އުފެއްދެވިންކަމަށާއި ނަމަވެސް މި ސަރކާރަށް އުފެއްދުނީ 4000 ވަޒީފާކަމަށް ޔާމީން ވިދާޅުވިއެވެ.

އެމްޑިޕީ ވެރިކަމަށް އައުމަށްޓަކައި ވައުދުވީ ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާނުޖަހަންކަމަށް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެހެން ނަމަވެސް މި ސަރުކާރު ހިންގަނީ ސްޓިކާ ޖަހައިގެން އެ ލިބޭ ފައިސާއިންކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: