ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިތިބި ދަތި ހާލަތަކީ މިންވަރު ކުރެއްވި ގޮތެއް ނޫން، މިއީ އަމިއްލަައަށް ހޯދައިގެން އުޅޭ ހިތްދަތިކަމެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން މިއަދު މިތިބި ދަތި ހާލަތަކީ މިންވެރިކުރެއްވި ގޮތުންނޫންކަމަށައި، މިއީ އަމިއްލައަށް ހޯދި ”ބަލާވެރިކަމެއް“ ކަމަށް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއާއި ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކާއި، އެމްޑީޕީން ގައުމު ހިންގަމުން ދާގޮތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

މިއަދު ދިވެހިންތިބީ ވަރަށް ދަތިލާތުގައިކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއީ އަމިއްލައަށް ހޯދި ހިތްދަތިކަމެއްކަމަށެވެ. އެފަދައިން އިޝާރާތްކުރެއްވީ އެމްޑީޕީގެ ވެރިކަމަށެވެ.

”އެއްގޮތަކަށްވެސް މިކަމަކީ ﷲ މިންވަރު ކޮށްދެއްވި ގޮތޭ ބުޏާނެ ޖާގައެއް އަޅުގަނޑުމެންނަކަށް ނެތް. އެއީ މުސްލިމުންގެ އީމާނެއްނޫން، މިއީ އަމިއްލަައަށް ހޯދައިގެން އުޅޭ ހިތްދަތިކަމެއް، އަމިއްލއަށް ހޯދައިގެން އުޅޭ މައާފްކުރައްވާތި ބަލާވެރިކަމެއް“

ރައީސް ޔާމީން ވިދާޅުވީ ބަޔަކު ވެރިކަމަށް އަންނަނީ ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދައްކައިގެންކަމަށާއި، އަދި ކުރީ ސަރުކާރަށް ނުވި އެތައްކަމެއްގެ ވާހަކަދައްކައިގެންކަމަށެވެ. އެމްޑީޕީން ރައްޔިތުންނަށް ދިނީ ކެއްސެއްކަމަށާއި ދެއްކި އެއްވެސް ހުވަފެނެއްގައި ކުލަ ޖައްސާދެވިފައި ނުވާކަމަށް ވިދާޅުވެ އޭގެ ތެރެއިން ރައީސް ޔާމީން ފާހަގަކުރެއްވީ އެމްޑީޕީން ވެރިކަމަށް އައުމަށްޓަކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހޯދައިދެއްވުމަށްޓަކައި ދެއްކި ވާހަކައެވެ.

ވިދާޅުވީ މީގެން އެއްވެސްކަމެއް ފުރިހަމަ ވެފައިނުވާކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: