ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީއިން ސްކޫލްކުދިންނަށް ހާއްސަކޮށްގެން މައި ހުޅުމާލެ ވޮލީބޯލް ކޭމްޕު އިފްތިތާހުކޮށްފި އެވެ.

މައި ހުޅުމާލެ ވޮލީބޯލް ކޭންޕަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަދި ޕޮލިސް ކްލަބް ގުޅިގެން ކުރިއަށް ގެންދާ ކޭންޕެކެވެ.

މިމަހުގެ 18އާއި ހަމައަށް ކުރިއަށްގެންދާ މިކޭންޕުގައި ވޮލީގެ އަސާސީ އުކުޅުތަކާއި ގަވާއިދުތައް ކިޔައިދިނުމާއި، ވޮލީ ކުޅުމުގައި ދަސްކުރަންޖެހޭ މުހިންމު އިތުރު ކަންތައްތަކާއި، ވޮލީ ބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާނެ މުހިންމު ކަންކަން ދަސްކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މާލެ އަދި ހުޅުމާލެ ސަރަހައްދު ހުރިހާ ސުކޫލެއްގެ ކުދިން ހިމެނޭހެން ވޮލީގެ ދާއިރާއަށް ކުދިން އަހުލުވެރި ކުރުމަށް ހިންގާ މިކޭންޕުގައި ބައިވެރިކޮށްފައިވަނީ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނެވެ.

އަންހެން އަދި ފިރިހެންކުދިން އެއްކޮށްލައިގެން 200 ކުދިންނަށް ކޭންޕުގައި ފުރުސަތު ދީފައިވާއިރު، މިކޭންޕުގައި އަންހެން އަދި ފިރިހެން ކުދިންނަވެސްވަނީ ފުރުސަތު ދީފައެވެ. ގިނަ ހަރަކާތްތަކާއެކު މިފަހަރުގެ ކޭންޕު ކުރިއަށް ގެންދާއިރު މިކޭންޕްގެ ތެރެއިން އެއް ދުވަހުގެ މުބާރާތެއްވެސް ކުރިއަށްދާނެއެވެ. މިއީ ވޮލީގެ ކުރިމަގަށް ބަލާއިއިރު ވަރަށް މުހިންމު ކޭޕެއްކަމަށް މިކޭންޕްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތަޖްރިބާކާރު ކޯޗް މުޙައްމަދު ސާޖީދު ބުންޏެވެ. އަދި ވައިޑީޕީއަށް ސަމާލުކަން ދީގެން ކުދިން ބިނާކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ސާޖިދު ބުންޏެވެ.

އެޗްޑީސީ އިން ބުނެފައިވަނީ މި ކޭމްޕްގައި ކޯޗްކަން ކޮށްދިނުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ މުވައްސަސާގެ ބޭފުޅުން ކަމާއި، މި ކޭމްޕު ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ވޮލީ ބޯޅަ ޓީމުގެ ކޯޗުގެ އިރުޝާދުގެދަށުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: